Advertisement
ކ. މާލެ
|
4 ޖުލައި 2019 | ބުރާސްފަތި 12:58
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުން
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުން
ޝުއައިބް މުހައްމަދު އިގްބާލް
އެންއައިއީ
ބައިނަލްއަޤުވާމީ ޓީޗަރުންގެ ކޮންފަރެންސްގެ 5 ވަނަ ބައްދަލުވުން އައްޑޫގައި ބާއްވަނީ
ކޮންފަރެންސް ސެޕްޓެމްބަރު މަހުގެ 4 އިން 5 އަށް ކުރިއަށްދާނެ
ކަރުދާސް ހުށައެޅުމުގެ ފުރުސަތު 30 ޖުލައިގެ ނިޔަލަށް ހުޅުވާލާފައިވޭ

ބައިނަލްއަޤުވާމީ ޓީޗަރުންގެ ކޮންފަރެންސްގެ ފަސް ވަނަ ބައްދަލުވުން އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ބުނެފިއެވެ.

‎ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އެންއައިއީ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޝަކީބް ވިދާޅުވީ ‎ކެމްބްރިޖް ޔުނިވާރސިޓީއާ ގުޅިގެން ކުރިއަށް ގެންދާ މި ކޮންފަރެންސް ސެޕްޓެމްބަރު މަހުގެ 4 އިން 5 އަށް ކުރިއަށްދާނެ ކަމަށާއި، މީގެކުރިން މި ބައްދަލުވުން ބާއްވަމުން ގެންދިޔައީ މާލޭގައި ނަމަވެސް މިފަހަރު މި ބައްދަލުވުން އޮންނާނީ އައްޑޫ ސިޓީގައި ކަމަށެވެ. އެގޮތުން މިއަހަރުގެ ކޮންފަރެންސް އައްޑޫ ސިޓީގައި ބާއްވަން ނިންމީ ލާމަރުކަޒީ ގޮތުން އިދާރާތައް ހިންގުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް އެއްބާރުލުން ދިނުމަށް ކަމަށްވެސް ޝަކީބް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އެންއައިއީގެ އެޑިއުކޭޝަން ޑިވޮލޮޕްމަންޓް އޮފިސަރ ޝުހުދާ ރިޒްވާންވެސް ބައިވެރިވެލައްވާފައިވާއިރު، ޝުހުދާ ވިދާޅުވީ، މި ކޮންފަރެންސްގެ މައިގަނޑު މަޤްސަދަކީ ސުކޫލު ތަކުގައި މަސައްކަތް ކުރައްވާ ޓީޗަރުންގެ މެދުގައި ދިރާސާގެ ސަޤާފްތް ޤާއިމު ކުރުމާއި، އިލްމީ މަސައްކަތްތައް ކުރައްވާ ބައިނަލްއަޤުވާމީ ފަރާތްތަކަށް ރާއްޖެ ހުޅުވާލުމާއި، އެފަދަ ފަރާތްތަކުގެ މަސައްކަތްތައް ހިއްސާ ކުރާނެ ޕްލެޓްފޯމެއް ޤާއިމު ކުރުން ކަމަށެވެ.

Advertisement

އެގޮތުން މި ކޮންފަރެންސްއަށް ކަރުދާސް ހުށައެޅުމުގެ ފުރުސަތު 30 ޖުލައިގެ ނިޔަލަށް ހުޅުވާލާފައިވާއިރު، މި ބައްދަލުވުމުގައި ހުށައެޅޭ ދިރާސާތަކާއި މަސައްކަތްތަކުގެ އަލީގައި ސުކޫލު ތަކުގެ ކިޔަވައިދިނުމަށް ރަނގަޅު ބަދަލެއް ގެނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

‎ބައިނަލްއަޤުވާމީ ޓީޗަރުންގެ ކޮންފަރެންސް ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާއިރު، މިއީ އައްޑޫ ސިޓީގައި މި ބައްދަލުވުން ކުރިއަށްގެންދާ ފުރަތަމަ ފަހަރު ކަމަށް އެންއައިއީއިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް