Advertisement
ކ. މާލެ
|
3 ޖުލައި 2019 | ބުދަ 16:06
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް
މުހައްމަދު ޝަރުހާން
ޗީފް އޮފް ޑިފެންސް ފޯސް
ރަސްމީ ދަތުރުފުޅެއްގައި ޗީފް އޮފް ޑިފެންސް ފޯސް އިންޑިއާއަށް ފުރާވަޑައިގަންނަވައިފި
މި ދަތުރު ނިންމަވާލައްވާނީ ޖޫން މަހުގެ 8 ވަނަ ދުވަހު
މި ދަތުރުފުޅުގައި އިންޑިއާގެ ސްޓާފް ކޮލެޖަށް ވެސް ވަޑައިގަންނަވާނެ
ޝަމާލް ފުރާވަޑައިގެންނެވީ ބުދަ ދުވަހު ހެނދުނު

ރަސްމީ ދަތުރުފުޅެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އިންޑިއާއަށް ފުރާވަޑައިގަންނަވައިފިއެވެ.

އިންޑިއާގެ ޗެއަރމަން އޮފް ދަ ޗީފް އޮފް ސްޓާފް ކޮމެޓީގެ ދައުވަތަކަށް ބުދަ ދުވަހު ހެނދުނު ޗީފް އޮފް ޑިފެންސް ފޯސް ފުރާވަޑައިގެންނެވިއިރު، މި ދަތުރު ނިންމަވާލައްވާނީ ޖޫން މަހުގެ 8 ވަނަ ދުވަހު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Advertisement

އޭގެ އިތުރުން، ޝަމާލްގެ މި ދަތުރުފުޅުގައި އިންޑިއާގެ ނޭޝަނަލް ޑިފެންސް ކޮލެޖް (އެންޑީއައި) އާއި، އިންޑިއާގެ އިންސްޓިޓިއުޓް ފޮރ ޑިފެންސް ސްޓަޑީޒް އެންޑް އެނަލިސިސް (އައިޑީއެސްއޭ) އަށް ޒިޔާރަތްކުރައްވައި ލެކްޗަރ ދެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ދަތުރުފުޅުގައި އިންޑިއާގެ ސްޓާފް ކޮލެޖަށް ވެސް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މި ދަތުރުފުޅުގައި އެމްއެންޑީއެފް ސަރވިސް ކޯގެ ބްރިގޭޑިއާރ ޖެނެރަލް ޙާމިދު ސަފީޤާއި، އެމްއެންޑީއެފް ސެނެހިޔާ ހޮސްޕިޓަލުގެ ކޮމާންޑިންގ އޮފިސަރ، ކާނަލް ޑރ. ޢަލީ ޝާހިދު މުޙައްމަދު ވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް