ކ. މާލެ
|
4 މާރޗް 2017 | ހޮނިހިރު 03:24
ޗާންސެލާ އެންގެލާ މާކެލް
ޗާންސެލާ އެންގެލާ މާކެލް
ގޫގުލް
ޗާންސެލާ އެންގެލާ މާކެލް
ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް މިސްރަށް ވަޑައިގެންފި
ޗާންސެލާ މާކެލް ވަނީ މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް-ސީސީއާ ބައްދަލު ކުރައްވާފައި

ޖަރުމަނަށް ކުރައްވާ ދެދުވަހުގެ ދަތުރުފުޅެއްގައި ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް ބުރާސްފަތި ދުވަހު މިސްރަށް ވަޑައިގެންފިއެވެ.

މިދަތުރުފުޅުގައި ޗާންސެލާ މާކެލް ވަނީ ބުރާސްފަތި ދުވަހު މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް-ސީސީއާ ބައްދަލު ކުރައްވާފައެވެ.

ޗާންސެލާ މާކެލް މިސްރުގެ އިތުރުން ޓިއުނީޝިއާ އަށް ވެސް ވަޑައިގަންނަވާނެއެވެ.

ޗާންސެލާ މާކެލްގެ މިދަތުރުފުޅުގެ މައިގަނޑު މަގްސަދަކީ އުތުރު އެފްރިކާގެ ގައުމުތައް، ޚާއްސަކޮށް ލީބިޔާއިން ޔޫރަޕަށް އަންނަމުންދާ ހިޖުރަވެރިން މަދުކުރެއްވުމަށް މަސައްކަތްތަކެއް ކުރެއްވުން ކަމަށް ރިޕޯޓުތައް ބުނެއެވެ. 2015 އިން ފެށިގެން ޖަރުމަނުން ވަނީ އެއް މިލިއަނަށް ވުރެ ގިނަ ހިޖުރަވެރިން ބަލައިގެންފައެވެ. ޖަރުމަނު ވެފައިވަނީ އެންމެ ގިނަ ހިޖުރަވެރިންނަށް ހިމާޔަތްދިން ޔޫރަޕްގެ ގައުމަށެވެ. މިކަމާ ގުޅިގެން ވެސް ޗާންސެލާ މާކެލް އަށް ޖަރުމަނުގެ އިދިކޮޅު ފަރާތްތަކުގެ ފިއްތުންތައް ވަނީ ކުރިމަތިވެވަޑައިގެންފައެވެ.

ޗާންސެލާ މާކެލްގެ ސަރުކާރުން ވަނީ ގައުމުން ބޭރުވާ ހިޖުރަވެރިން މަދުކުރުމަށްޓަކައި ސަރަހައްދީ އިންތައް ބެލެހެއްޓުން ވަރުގަދަ ކުރުމަށް އުތުރު އެފްރިކާގެ ގައުމުތަކަށް ގޮވާލާފައެވެ. މިދިޔަ އަހަރު ޖަރުމަނުން ވަނީ، އެގައުމުގެ ހިމާޔަތަށް އެދުނު 700،000 މީހުންގެ ތެރެއިން ގާތްގަނޑަކަށް ދެބައި ކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންގެ ރިކުއެސްޓް ގަބޫލު ނުކޮށްފައެވެ. އަދި 80،000 މީހަކު ވަނީ ޑިޕޯޓުކޮށްފައެވެ.

- ކޮމެންޓް