Advertisement
ކ. މާލެ
|
3 ޖުލައި 2019 | ބުދަ 12:08
އިންވެސްޓް މޯލްޑިވްސްގެ ފަރާތުން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު އިޔާދު ހަމީދު ވާހަކަދައްކަވަނީ
އިންވެސްޓް މޯލްޑިވްސްގެ ފަރާތުން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު އިޔާދު ހަމީދު ވާހަކަދައްކަވަނީ
ޝުއައިބް މުހައްމަދު އިގްބާލް
ގުޅިފަޅު ބަނދަރު ތަރައްޤީ ކުރުން
ސަރުކާރުގެ ވިސްނުމަކީ ބައިނަލްއަޤުވާމީ ފެންވަރުގެ ޒަމާނީ ބަނދަރެއް ގުޅިފަޅުގައި ތަރައްޤީ ކުރުން: އިކޮނޮމިކް މިނިސްޓްރީ
މިހާރު ކުރިއަށްގެންދަނީ ކޮންސަލްޓެންޓެއް އައްޔަނު ކުރުމުގެ މަސައްކަތް
ޖުލައި މަހުގެ ތެރޭގައި ކޮންސަލްޓަންޓް އައްޔަނުކޮށް މަސައްކަތް ފެށޭނެކަމަށް ބެލެވޭ
މާލޭގެ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ވަރަށް ގިނަ ދަތިތަކެއް ކުރިމަތިވޭ

ސަރުކާރުގެ ވިސްނުމަކީ ބައިނަލްއަޤުވާމީ ފެންވަރުގެ ޒަމާނީ ބަނދަރެއް ގުޅިފަޅުގައި ތަރައްޤީ ކުރުން ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓުން ބުނެފިއެވެ.

ސަރުކާރުގެ އޮފީސް ތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން "ނުވަގަޑި މީޑިއާ" ގެ ނަމުގައި މީޑިއާއަށް މައުލޫމާތު ދިނުމަށް ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުން ތަކުގެ ތެރެއިން، ބުދަ ދުވަހު މީޑިއާއާ ބައްދަލު ކުރައްވައި އިންވެސްޓް މޯލްޑިވްސްގެ ފަރާތުން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު އިޔާދު ހަމީދު ވިދާޅުވީ، މިނިސްޓްރީން އެންމެ އިސްކަމެއްދީގެން މިހާރު ކުރިއަށްގެންދާ އެއް މަސައްކަތަކީ ގުޅިފަޅުގައި ބައިނަލްއަޤުވާމީ ބަނދަރެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކަމަށާއި، މި މަސައްކަތުގައި މިހާރު ކުރިއަށްގެންދަނީ މަސައްކަތަށް ބޭނުންވާ ކޮންސަލްޓެންޓެއް އައްޔަނު ކުރުމުގެ މަސައްކަތް ކަމަށެވެ.

އެގޮތުން ކޮންސަލްޓެންޓެއް އައްޔަނު ކުރުމަށްޓަކައި އިއުލާނުކޮށްގެން އެ މަސައްކަތް ކުރިއަށް ގެންދާ ކަމަށާއި، ޖުލައި މަހުގެ ތެރޭގައި ކޮންސަލްޓަންޓް އައްޔަނުކޮށް ކޮންސަލްޓަންޓުގެ މަސައްކަތް ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އިޔާދު ވިދާޅުވިއެވެ.

Advertisement

އަޅުގަނޑުމެން އެންމެ އިސްކަމެއްދީގެން ކުރިއަށްގެންދާ އެއް މަސައްކަތަކީ ގުޅިފަޅުގައި ބައިނަލްއަޤުވާމީ ބަނދަރެއް ތަރައްޤީ ކުރުމުގެ މަސައްކަތް، މި މަސައްކަތުގަ މިހާރު އަޅުގަނޑުމެން ކުރިއަށް މިގެންދާ މަސައްކަތަކީ އެ މަސައްކަތަށް ބޭނުންވާ ކޮންސަލްޓެންޓެއް އައްޔަނު ކުރުމަށްޓަކައި އިއުލާނުކޮށްގެން އެ މަސައްކަތް ކުރިއަށް މި ގެންދަނީ، އަޅުގަނޑުމެންގެ އުއްމީދަކީ ޖުލައި މަހުގެ ތެރޭގައި ކޮންސަލްޓަންޓް އައްޔަނުކޮށް ކޮންސަލްޓަންޓުގެ މަސައްކަތް ފެށުން، ދެން ވަރަށް މުހިއްމު މަސައްކަތްތަކެއް ކޮންސަލްޓެންސީ ފޭސްގައި ކުރެވިގެންދާނެ، އޭގެ ތެރޭގައި މި މަޝްރޫއަށް ބޭނުންވާ ދިރާސާތައް ކުރުމާއި، މަޝްރޫއުގެ ތަފްސީލީ ރިޕޯރޓް އެކުލަވާލުމާއި، ގުޅިފަޅުގެ މާސްޓަރ ޕްލޭން އެކުލަވާލުމާ، މި މަޝްރޫއަށް ބޭނުންވާ އިންޖިނިޔަރިންގ ކުރެހުންތައް އެކުލަވާލުން، މިކަހަލަ ވަރަށް މުހިއްމު މަސައްކަތްތަކެއް ފެށިގެންދާނެ.
އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު އިޔާދު ހަމީދު
ނުވަގަޑި މީޑިއާގައި އިންވެސްޓް މޯލްޑިވްސް އިން ބައިވެރިވަނީ

އޭގެ އިތުރުން، މާލޭގެ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ވަރަށް ގިނަ ދަތިތަކެއް ރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކުން އަދި ވިޔަފާރިވެރިން ކުރަމުންދާ ކަމަށާއި، ސަރުކާރުގެ ވިސްނުމަކީ މި ދަތިތަކަށް ލުއެއް ހޯދައިދީ ރާއްޖެއަށް ބޭނުންވާ ފެންވަރުގެ ޒަމާނީ ބަނދަރެއް ގުޅިފަޅުގައި ތަރައްޤީ ކުރުން ކަމަށް ވެސް އިޔާދު ވިދާޅުވިއެވެ.

ރާއްޖޭގެ ވިޔަފާރިވެރިންނަށް ފަސޭހަކޮށް އިޤްތިސާދު އިތުރަށް ފުޅާ ކުރުމަށްޓަކައި ގުޅިފަޅުގައި ވިޔަފާރި ބަނދަރެއް ތަރައްޤީ ކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާއިރު، ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގައި ބައިނަލްއަގްވާމީ ފެންވަރުގެ ވިޔަފާރި ބަނދަރެއް ގާއިމްކުރުމަށް ކޮންސަލްޓެންސީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ދާދި ފަހުން ފިނޭންސް މިނިސްޓްރީން އިއުލާނު ކޮށްފައިވެއެވެ. އެގޮތުން ފިނޭންސް މިނިސްޓްރީން ގެޒެޓުގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ކޮންސަލްޓަންސީ މަސައްކަތުގައި ހިމެނެނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ބައިނަލް އަޤްވާމީ ބަނަދަރެއް ތަރައްގީ ކުރުމަށްޓަކައި ސްކޯޕިންގ މަސައްކަތް ކުރުމާއި، ފީސިބިލިޓީ އެނަލިސިސް ހެދުމާއި ޕްރޮޖެކްޓު އެކުލަވައިލުމާއި، ޓްރާންސެކްޝަން އެޑްވައިޒަރީ މަސައްކަތް ކުރުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް