Advertisement
ކ. މާލެ
|
3 ޖުލައި 2019 | ބުދަ 11:17
ރާއްޖޭގެ ޓޫރިސްޓް ރިސޯޓެއް
ރާއްޖޭގެ ޓޫރިސްޓް ރިސޯޓެއް
ގޫގުލް
ޓޫރިޒަމާބެހޭ ގާނޫނު
ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު އިއުލާން ކޮށްފި
މިނިސްޓްރީ އިން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ މުއްދަތު އިތުރުކޮށް މުއްދަތު ފަސްކޮށް ދިނުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވޭ
ހިންގަން ފަށާފައި ނުވާނަމަ 24 މަސްދުވަހުގެ ތެރޭގައި އެހާތަނަށް އަރާފައިވާ ހުރިހާ ކުއްޔަކާއި ޖޫރިމަނާއެއް އެކީ އެކެއްޗަކަށް ދައްކަން ޖެހޭނެ
އަންގާރަ ދުވަހުން ފެށިގެން މި ގަވައިދަށް އަމަލުކުރަން ވަނީ ފަށާފަ

ޓޫރިޒަމާ ބެހޭ ގާނޫނުގެ 52 ވަނަ މާއްދާގެ ދަށުން މިނިސްޓްރީއަށް ލިބިގެންވާ ބާރުގެ ދަށުން، ފަތުރުވެރިކަމުގެ ބޭނުމަށް މިނިސްޓްރީން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި ޢަމަލުކުރާނެގޮތުގެ ގަވައިދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގާރަ ދުވަހު އާންމު ކޮށްފިއެވެ.

މި ގަވައިދުގައި ވާގޮތުން ކުއްޔަށް ދޫކޮށްފައިވާ ތަން ތަރައްގީކޮށް ނިންމައި ހިންގުމަށް އިތުރު މުއްދަތެއްދީ ތަން ކުއްޔަށް ދީފައިވާ އެއްބަސްވުމުގެ ދަށުން ކުއްޔާއި ޖޫރިމަނާގެ ފައިސާ ނުދައްކާ އޮތްނަމަ، އެ ފައިސާ ދެއްކުން ފަސްކޮށްދިނުމުގެ ބާރު ޓޫރިޒަމް މިނިސްޓްރީ އަށް ލިބިގެންވެއެވެ. މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސްވުމުގައި ދީފައިވާ މުއްދަތަށް ތަރައްޤީކޮށް ނިމިފައިނުވާ ތަންތަނުގެ "ކޮންސްޓްރަކްޝަން ޕީރިއަޑް" މި ގަވާއިދުގައި ކަނޑައަޅައިފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން އިތުރުކޮށްދިނުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންދެއެވެ.

"ކޮންސްޓްރަކްޝަން ޕީރިއަޑް" އިތުރުކޮށްދެވޭ ތަންތަނާ ގުޅިގެން މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމަށް ގެނެވޭ އިޞްލާޙުގައި ސޮއިކުރާ ތާރީޚާ ހަމައަށް، އަރައިފައިވާ ކުއްޔާއި ޖޫރިމަނާއާއި، މި ގަ ވާއިދުގެ ދަށުން އިތުރުކޮށްދެވޭ "ކޮންސްޓްރަކްޝަން ޕީރިއަޑް" ގައި ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ،"ކޮންސްޓްރަކްޝަން ޕީރިއަޑް" ހަމަވާ ދުވަހާ ހަމައަށް ނުވަތަ،"ކޮންސްޓްރަކްޝަން ޕީރިއަޑް" ހަމަވާ ދުވަހުގެ ކުރިން އެ ތަނެއް ހިންގަން ފަށައިފި ނަމަ، އެ ތާރީޚަކާ ހަމައަށް ފަސްކޮށްދިނުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

ހިންގަމުންގެންދާ ތަނެއްގެ ފެންވަރު މަތިކުރުމަށްޓަކައި، މުޅި ތަން އެކީގައި ބަންދުކުރާ ނަމަ

Advertisement

އެ ފަދައިން ބަންދުކުރަން މިނިސްޓްރީން ހުއްދަދޭ މުއްދަތުގެ ކުލި ފަސްކޮށްދިނުމުގެ އިޚްތިޔާރު ވެސް މި ގަވައިދުގެ ދަށުން މިނިސްޓްރީއަށް ލިބިގެންވެއެވެ.

މި ގަވާއިދުގެ ދަށުން އިތުރުކޮށްދެވޭ "ކޮންސްޓްރަކްޝަން ޕީރިއަޑް" ހަމަވުމުގެ ކުރިން، އެ ތަނެއް ހިންގަން ފަށައިފައިނުވާ ނަމަ، ނުވަތަ ފޭސްތަކަކަށް ބަހައިލައިގެން ތަރައްޤީކުރާ ތަނެއް ނަމަ، މަދުވެގެން އެއް ފޭސް ނިންމައިފައިނުވާ ނަމަ، "ކޮންސްޓްރަކްޝަން ޕީރިއަޑް" ހަމަވާ ތާރީޚުން ފެށިގެން 24 މަސްދުވަހުގެ ތެރޭގައި ފަސްކޮށްދީފައިވާ އެންމެހައި ކުއްޔާއި ޖޫރިމަނާ ހިމެނޭގޮތަށް އެހާތަނަށް އަރައިފައިވާ އެންމެހާ ކުއްޔާއި ޖޫރިމަނާ އެކީ އެއްފަހަރާ ދައުލަތަށް ދައްކަންޖެހޭނެއެވެ.

އަންގާރަ ދުވަހުން ފެށިގެން މި ގަވައިދަށް އަމަލުކުރަން ވަނީ ފަށާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް