Advertisement
ކ. މާލެ
|
3 ޖުލައި 2019 | ބުދަ 09:27
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަދި ސްޕޯކްސް ޕާރސަން އަހްމަދު އަކްރަމް
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަދި ސްޕޯކްސް ޕާރސަން އަހްމަދު އަކްރަމް
ރާއްޖެއެމްވީ
ފަލަސުރުހީ
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބޭނުންވާ ޑޮކިޔުމަންޓަކީ ތިންވަނަ ފަރާތުގެ މަސްލަހަތު ހިމެނޭ އެއްޗެއް: އަކުރަމް
އެ ޑޮކިއުމަންޓަކީ ލ. މުންޑޫގެ ބައެއް ރައްޔިތުން ކުރިން ހުށަހެޅި ޕެޓިޝަނެއް

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ބޭނުންވާ ބައެއް ޑޮކިއުމަންޓްތަކުގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާއި ހިޔާލު ތަފާތުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަދި ސްޕޯކްސް ޕާރސަން އަހްމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

Advertisement

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އަންގާރަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން އަކްރަމް ވިދާޅުވީ އިންފޮމޭޝަން ކޮމިޝަނާއި ހިޔާލު ތަފާތުވެފައިވަނީ ނިމިފައި އޮތް ކަމެއްގެ މައުލޫމާތު ތަކުރާރުކޮށް އެ ކޮމިޝަނުން ހޯދަން މަސައްކަތް ކުރާތީ ކަމަށާއި އެ މައުލޫމާތުތަކަކީ ތިންވަނަ ފަރާތެއްގެ މަސްލަހަތު ހިމެނޭ، އާންމުކޮށްފިނަމަ އެ ބައެއްގެ މަސްލަހަތުގެ ގެއްލި އިންސާނީ ކަރާމާތަށް އުނިކަމެއް އަންނާނެ ކަމެއް ކަމަށް އީސީ އަށް ފާހަގަކުރެވޭ ކަމަށެވެ.

އާދެ އެ ކޮމިޝަންއާ އިލެކްޝަން ކޮމިޝަނާ ދެމެދު ކޮންމެވެސް ވަރެއްގެ ހިޔާލު ތަފާތުވުންތަކެއްގެ ތެރޭގައި. ވެ ނިމިފައި އޮތްކަމެއްގެ މައުލޫމާތު ތަކުރާރުކޮށް އެ ކޮމިޝަނުން ހޯދަން މަސައްކަތްކުރާތީވެ. އެ މައުލޫމާތުތަކަކީ ތިން ވަނަ ފަރާތެއްގެ މަސްލަހަތު ހިމެނޭ އާންމުކޮށްފިނަމަ ބައެއްގެ މަސްލަހަތު ގެއްލި އިންސާނީ އުނިކަން އަންނާނެ ފަދަ ކަމެއް ކަމަށް އީސީއަށް ފާހަގަކުރެވޭ އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ލ. މުންޑޫ ކައުންސިލް އިން ގަމު ދާއިރާ އިން ވަކިވެ އިސްދޫ ދާއިރާއަށް ބަދަލުވާން އިލެކްޝަން ކޮމިޝަންގައި އެދުނު ކަމަށާއި އެ ވާހަކަ މީޑިއާއަށް ތިލަވެގެން ދިޔުމުން މުންޑޫގެ ބައެއް ރައްޔިތުން އެކަމާއި ދެކޮޅަށް ޕެޓިޝަނެއް ހުށަހެޅި ކަމަށެވެ. އެއަށް ފަހު މުންޑޫ ކައުންސިލުން އަނެއްކާ ވެސް ޕެޓިޝަން ހުށަހެޅި މައްސަލާގައި އެމީހުންނާއި ދޭތެރޭ ފިޔަވަޅު އަޅަން ބޭނުންވާ ކަމަށް ބުނެ އީސީއެއް ސިޓީއެއް ފޮނުވި ކަމަށާއި އެހެން ނަމަވެސް އެއީ އެ ކައުންސިލާއި ހިއްސާކުރެވޭނެ މައުލޫމާތެއް ނޫން ކަމަށް އީސީ އިން ނިންމާފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ކައުންސިލްގެ ސިޓީ ލިބުނު ދުވަސް ނޫން އޭގެ އަނެއް ދުވަހު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެ ޕެޓިޝަން ހުށަހެޅި ފަރާތްތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް އެދުނުކަން ފާހަގަކުރައްވާ އަކްރަމް ވިދާޅުވީ އެ މައުލޫމާތު ހިއްސާ ނުކުރެވޭނެ ކަމަށް ދެންނެވުމުން، އެ މައުލޫމާތު ހިއްސާ ނުކޮށްފިނަމަ އޯޕަން ހިއަރިންގްއަކަށް ދާން ޖެހިދާނެ ކަމަށް ބުނެ އީސީ އަށް އިންޒާރު ދީފައިވާ ކަމަށެވެ.

އަޅުގަނޑުމެން އެ ކޮމިޝަނާ ބައްދަލުކުރިން. ބައްދަލުކުރުމަށް ފަހު ވެސް އެ ބޭފުޅުން ވިދާޅުވަނީ ޕެޓިޝަން ދޭށޭ. ސިއްރު އެއްޗެއް ވެއްޖެއްޔާ ތިމަންނަމެން އަތުގައި ވެސް އޭތި ބާއްވާފާނަމޭ. ކީއްވެގެންތޯ އެ ބޭފުޅުންގެ އަތުގައި މީތި ބާއްވަން މި އުޅެނީ. އެކި ދިމަދިމާލުން ލިބޭ ކަންތައްތަކަށް ބަލާއިރު މި މައްސަލަ ބެލުމުގައި ވެސް އިސްކޮށް އުޅެނީ ލ. އަތޮޅު ބޭފުޅުން. މީގައި މަސްލަހަތު ފުށޫ އެރުމުގެ ކަންތައްތައް ހުރި ކަމަށް ޤަބޫލު ކުރެވެނީ ވެސް އަކްރަމް ވިދާޅުވިއެވެ.

ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަކްރަމް ވިދާޅުވީ މުންޑޫ ކައުންސިލުން ޕެޓިޝަން ހުށަހެޅުމުގެ މާ ކުރިން ވެސް މާލެ ފިޔަވާ އެހެން އެއްވެސް ދާއިރާއަކަށް ބަދަލު ނުގެނައުމަށް އިލެކްޝަނުން ނިންމާފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް