ކ. މާލެ
|
2 ޖުލައި 2019 | އަންގާރަ 14:18
ދޯންޏެއް އަޑިއަށް ގޮސްގެން އެމްއެންޑީއެފުން ހަރަކާތްތެރި ވަނީ
ދޯންޏެއް އަޑިއަށް ގޮސްގެން އެމްއެންޑީއެފުން ހަރަކާތްތެރި ވަނީ
އެމްއެންޑީއެފް
ދޯންޏެއް އަޑިއަށް ދިއުން
ކާށިދޫ ފަޅުތެރެއަށް އަޑިއަށް ދިޔަ ދޯންޏެއް ފެންމަތި ކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި
އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ
ހާދިސާ ރިޕޯރޓް ލިބުނީ ހޯމަ ދުވަހު ހަވީރު 17:55 ހާއިރު
އަޑިއަށް ދިޔައީ ދޯނީގެ ހުންގާނު ފެއިލް ވެގެން

ކާށިދޫ ފަޅުތެރެއަށް އަޑިއަށް ދިޔަ މުދާ އުފުލާ ދޯންޏެއް ފެންމަތި ކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ ހޯމަ ދުވަހު ހަވީރު 17:55 ހާއިރު ކަމަށާއި، 70 ފޫޓްގެ "ލަޔަންސް" ނަމަކަށް ކިޔާ މި ދޯނި އަޑިއަށް ދިޔައީ ކާށިދޫގެ ފަޅުން ނިކުންނަށް އުޅުމުގެ ތެރޭގައި ދޯނީގެ ހުންގާނު ފެއިލްވެ، ދޯނީގެ ތެރެއަށް ރާޅެއް އަރައިގެން ކަމަށް ވެރިފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާ ކަމަށެވެ.

"ލަޔަންސް" ދޯނި އަޑިއަށް ގޮސްފައި

އޭގެ އިތުރުން، ކާށިދޫގެ ދެ ދޯންޏެއްގެ އެހީތެރިކަމާއެކު "ލަޔަންސް" ދޯނި ކާށިދޫ ފަޅުތެރެއަށް ވެއްދުމަށް ފަހު ދޯނީގައި ހުރި މުދަލާއި ތަކެތި ރައްކާތެރިކަމާއެެކު ހުސްކޮށްފައިވާ ކަމަށާއި، ދޯނީގެ ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުން މިހާރު ދަނީ މި ދޯނި ފެންމަތި ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ހަތަރު ދިވެހިންނާއި ބިދޭސީއަކު މި ދޯނިން ދަތުރު ކުރި އިރު، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

- ކޮމެންޓް