ކ. މާލެ
|
2 ޖުލައި 2019 | އަންގާރަ 13:05
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު
ޓްވިޓަރ
ޕްރައިވެޓައިޒޭޝަން ބޯޑުގެ ނިންމުންތައް
ޕްރައިވެޓައިޒޭޝަން ބޯޑުގެ ނިންމުންތައް ޤާނޫނީ ގޮތުން ސައްހައެއް ނުވާނެ: މެމްބަރު އިބްރާހިމް ރަޝީދު
ގާނޫނެއްގެ ދަށުން ޕްރައިވެޓައިޒޭޝަން ބޯޑު އުފެދުނީ 2013 ގައި
ބޯޑް އުފެދުނު ފަހުންވެސް ދެ ފަހަރަށް މެމްބަރުން އައްޔަން ކޮށްފައިވޭ
17 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް މި މައްސަލަ ފެންމަތި ކުރިވި

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުގެ ނިންމުންތައް ޤާނޫނީ ގޮތުން ސައްހަ ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމެޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މެމްބަރުކަންވެސް ކުރައްވާ އިބްރާހިމް ރަޝީދު ވިދާޅުވީ، 2013 ވަނަ އަހަރު ވަކި ގާނޫނެއްގެ ދަށުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑް އުފެދުނު ފަހުންވެސް ދެ ފަހަރަށް އެބޯޑަށް މެމްބަރުން އައްޔަން ކޮށްފައިވާ ކަމަށާއި، މިހާތަނަށް ވެސް ބޯޑު މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދާފައި ނުވާ ކަމަށެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން ނިންމާ ނިންމުންތައް ސައްހަވާނެ ކަމާމެދު ސުވާލު އުފެދިފައިވާއިރު، އެ ބޯޑުގެ މެމްބަރުކަމަށް ރައީސުލް ޖުމްހޫރިއްޔާ މެމްބަރުން އައްޔަނު ކުރެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ވާނެ ކަމަށް "ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނު" ގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވެއެވެ.

ނަމަވެސް 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް މި މައްސަލަ ފެންމަތި ކުރިވި ކަމަށާއި، ދެ ފަހަރަށް އެބޯޑަށް މެމްބަރުން އައްޔަން ކުރެއްވި އިރުވެސް ޕްރައިވެޓައިޒޭޝަން ބޯޑް ހިންގަމުން ގެންދިޔައީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތި ކަމަށް މެމްބަރު އިބްރާހިމް ރަޝީދާއި ހަވާލާދީ ބައެއް ނޫސްތަކުގައިވެސް ބުނެފައިވެއެވެ.

ދައުލަތުގެ ވިޔަފާރީ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުން އަދި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގައި 7 މެމްބަރުން ހިމެނޭއިރު، ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމުގެ ކަންކަން ރާވާ ހިންގުމުގެ އިތުރުން، ޕްރައިވެޓައިޒް ކުރުމުގެ ސިޔާސަތުތައް ކަނޑައަޅައި ރައީސްގެ ހުއްދަ އެ ސިޔާސަތުތަކަށް ހޯދުމަކީ އެ ބޯޑުގެ ޒިންމާއެކެވެ.

- ކޮމެންޓް