ކ. މާލެ
|
2 ޖުލައި 2019 | އަންގާރަ 11:46
އެމްއޭސީއެލްއިން ފަޔަރ ފައިޓަރުންގެ ގޮތުގައި ތަމްރީނު ކުރުމަށް ފޮނުވާ ކުދިންތައް
އެމްއޭސީއެލްއިން ފަޔަރ ފައިޓަރުންގެ ގޮތުގައި ތަމްރީނު ކުރުމަށް ފޮނުވާ ކުދިންތައް
އެމްއޭސީއެލް
އެމްއޭސީއެލް
އެމްއޭސީއެލްއިން ފަޔަރ ފައިޓަރުންގެ ގޮތުގައި ފުރަތަމަ ފަހަރަށް އަންހެނުން ތަމްރީނު ކުރަނީ
މިއީ ގިންތީގެ ތަފާތުކުރުން ނައްތާލަން ނިންމި ނިންމުމެއް
ކޯހުގައި ބައިވެރިވުމަށް 12 އަންހެން މުވައްޒަފުން ވަނީ ފުރާފައި
މިއީ 2 މަހަށް އިންޑޮނޭޝިއާގައި ކުރިއަށްގެންދާ ކޯހެއް

މޯލްޑިވްސް އެއާޕޯރޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އަލިފާން ނިއްވާ ފަޔަރ ފައިޓަރުންގެ ގޮތުގައި ފުރަތަމަ ފަހަރަށް އަންހެނުން ތަމްރީނު ކުރަން ނިންމައިފިއެވެ.

އާދިއްތަ ދުވަހު އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ، "ބޭސިކް އެއާޕޯރޓް ރެސްކިއު އެންޑް ފަޔަރ ފައިޓިންގް" ގެ ދެ މަހުގެ ކޯހަކަށް އެއާޕޯރޓްސް ކުންފުނީގެ ފަރާތުން 12 އަންހެން މުވައްޒަފުން ފުރާފައިވާ ކަމަށާއި، މިއީ އަންހެނުންގެ ތެރެއިން ތަމްރީނުވާ ފުރަތަމަ ބެޗް ކަމަށެވެ.

އިންޑޮނޭޝިއާގައި ކުރިއަށްގެންދާ މި ކޯހުގައި ބައިވެރިވާ 12 އަންހެން މުވައްޒަފުންނާއި 7 ފިރިހެން މުވައްޒަފުން ތަމްރީން ވާނީ އިންޑޮނޭޝިއާގެ ޕްލަމްބަންގް އޭވިއޭޝަން ޓްރެއިން އެކެޑަމީގައި ކަމަށް އެއާޕޯރޓްސް ކުންފުނިން މައުލޫމާތުދެއެވެ.

އެމްއޭސީއެލްއިން ބުނީ، ފަޔަރ ފައިޓަރުންގެ ގޮތުގައި އަންހެނުން ތަމްރީނު ކުރުމަކީ އަންހެނުންނާއި ފިރިހެނުންގެ މެދުގައި ގެންގުޅޭ ގިންތީގެ ތަފާތުކުރުން ނައްތާލައި ޖެންޑަރ އީކުއަލިޓީ ޤާއިމު ކުރުމުގެ މަޤްސަދުގައި އެ ކުންފުނިން ނިންމި ނިންމުމެއް ކަމަށެވެ.

- ކޮމެންޓް