Advertisement
ކ. މާލެ
|
2 ޖުލައި 2019 | އަންގާރަ 02:52
ހައުސިންގ މިނިސްޓްރީ އާއި، އެމްއެމްއޭއާއެކު ބޭއްވުނު މަޝްވަރާ ބައްދަލުވުމުގެ ތެރެއިން
ހައުސިންގ މިނިސްޓްރީ އާއި، އެމްއެމްއޭއާއެކު ބޭއްވުނު މަޝްވަރާ ބައްދަލުވުމުގެ ތެރެއިން
ހައުސިންގް މިނިސްޓްރީ
ގެދޮރު އިމާރާތް ކުރުން
ގެދޮރު އިމާރާތް ކުރުމަށް ކުޑަ އިންޓްރެސްޓެއްގައި ލޯނު ދޫކުރުމުގެ މަޝްވަރާތައް ފަށައިފި
ގެދޮރު އިމާރާތް ކުރުމަށް 5 އިންސައްތަ އާއި 6 އިންސައްތައާ ދެމެދު އިންޓްރަސްޓް ލޯނު ދޫކުރުމަށް މަޝްވަރާކޮށްފައިވޭ

މީހުން ދިރިއުޅޭ ރަށްރަށުގައި ގެދޮރު އިމާރާތް ކުރުމަށް ކުޑަ އިންޓްރަސްޓް ރޭޓުގައި ލޯން ދޫކުރުމަށް މަރުކަޒީ ބޭންކާއެކު ހައުސިންގ މިނިސްޓްރީން މަޝްވަރާކޮށްފިއެވެ.

ކުޑަ އިންޓްރެސްޓެއްގައި ލޯނު ދޫކުރުމުގެ މަޝްވަރާތައް ކޮށްފައިވަނީ ހޯމަ ދުވަހު ހައުސިން މިނިސްޓަރު އާމިނަތު އާތިފާ އާއި އެމްއެމްއޭގެ ގަވަނަރ އަހްމަދު ނަޝީރުއެވެ.

Advertisement

ހައުސިންގ މިނިސްޓްރީން ބުނީ މި މަޝްވަރާތަކުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ގެދޮރު އިމާރާތް ކުރުމަށް 5 އިންސައްތަ އާއި 6 އިންސައްތައާ ދެމެދު އިންޓްރަސްޓްގައި ލޯނު ދޫކުރުމަށް މަޝްވަރާކޮފައިވާކަމަށެވެ. ނަމަވެސް އޭގެއިތުރު ތަފްސީލެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

ގެދޮރު އިމާރަތްކުރުމަށް ބޮޑު އިންޓްރެސްޓުގައި ދޫކުރާ ލޯންގެ އަގު ތިރިކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި މިހާރު ބޮޑު އިންޓްރެސްޓުގައި ގެދޮރު އިމާރަތްކުރުމަށް ނަގާ ލޯނުގެ އިންޓްރެސްޓް 6 އިންސައްތައަށް ކުޑަކުރައްވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް