Advertisement
ކ. މާލެ
|
1 ޖުލައި 2019 | ހޯމަ 22:55
އެމްއެމްއޭގެ ކަރަންސީ ގެލަރީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެމްއެމްއޭގެ ކަރަންސީ ގެލަރީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެމްއެމްއޭ
އެމްއެމްއޭގެ ކަރަންސީ ގެލަރީ
އެމްއެމްއޭގެ ކަރަންސީ ގެލަރީ ހުޅުވައިފި
މި ގެލަރީ އަށް ޒިޔާރަތްކުރުމުގެ ފުރުސަތު އާއްމުންނާއި ފަތުރުވެރިންނަށްވެސް ވަނީ ހުޅުވާލާފައި

އެމްއެމްއޭގެ 'ކަރަންސީ ގެލަރީ' ރަސްމީކޮށް ހުޅުވައިފިއެވެ.

މި ގެލަރީ ރަސްމީކޮށް ހުޅުވާދެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުއެވެ.

ރަސްމިއްޔާތުގައި ކުރީގެ ގަވަރުނަރު ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ ކަރަންސީ ގެލަރީ ހުޅުވާފައިވަނީ އެމްއެމްއޭއަށް 38 އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން ކަމަށެވެ.

އެމްއެމްއޭގެ އިމާރަތް ހެދުމަށް ޕްލޭންކުރެވިގެން ދިޔައިރު ވެސް އެމްއެމްއޭގައި ކަރަންސީ ގެލަރީ އެއް ހުޅުވުމުގެ ވިސްނުން ގެންގުޅުނު ކަމަށާއި މިއަދު އެކަންތައް ހަގީގަތަކަށްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

Advertisement

އެމްއެމްއޭ އަކީ ރާއްޖޭގެ ފައިސާ ފޮއްޗާއި ނޫޓު ނެރުމުގެ މަސައްކަތް ބަލަހައްޓާ އިދާރާ ކަމަށްވާތީ، އެމްއެމްއޭ އިން ދިވެހިރާއްޖޭގެ ފައިސާގެ ތާރީޚް ފެންނަން ހުރުމަކީ މުހިއްމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް ގަވަރުނަރު ފާހަގަކުރެއްވިއެވެ.

މި ކަރަންސީ ގެލަރީ ހުޅުވުމުގެ މައިގަނޑު މަގުސަދަކީ މިހާތަނަށް ރާއްޖޭގައި ފައިސާގެ ގޮތުގައި ބޭނުންކޮށްފައިވާ ތަކެއްޗާއި، ނެރެފައިވާ ހުރިހާ ނޫޓާއި ފައިސާ ފޮއްޗެއް އެއްތަނަކުން ފެންނާނެ ގޮތް ހެދުމެވެ. މީގެ އިތުރުން ހަނދާނީ ފައިސާގެ ގޮތުގައި ނެރެފައިވާ ފައިސާ ވެސް މި ގެލަރީ އިން ފެނިގެން ދާނެއެވެ.

ކަރަންސީ ގެލަރީ ހުޅުވާފައި ހުންނާނީ ހަފްތާ ބަންދުނޫން ކޮންމެ ދުވަކު 8:30 ން 2:00 އަށެވެ. އެމްއެމްއޭގެ

ގްރައުންޑްފްލޯގައި ހަދާފައިވާ މި ގެލަރީ އަށް ޒިޔާރަތްކުރުމުގެ ފުރުސަތު އާއްމުންނާއި ފަތުރުވެރިންނަށްވެސް ވަނީ ހުޅުވާލާފައެވެ. އެމްއެމްއޭގެ އަހަރީ ދުވަހަކީ ޖުލައި އެކެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް