Advertisement
ކ. މާލެ
|
1 ޖުލައި 2019 | ހޯމަ 19:14
ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރެއިންބޯ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޑަޓް
ވިމަން އެމްޕަވަމަންޓް ކޮންފަރަންސް
ވިމަން އެމްޕަވަމަންޓް ކޮންފަރަންސްގެ މީޑިއާ ޕާޓްނަރަކަށް ރާއްޖެޓީވީ
މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހަށް

ވިމަން އެމްޕަވަމަންޓް ކޮންފަރަންސްގެ މީޑިއާ ޕާޓްނަރަކަށް ރާއްޖެޓީވީ ހަމަޖައްސައިފިއެވެ.

މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހަށް ކުރުނބާ މޯލްޑިވްސްގައެވެ.

މި ކޮންފަރެންސްގެ މީޑިއާ ޕާޓްނަރަކަށް ހަމަޖެއްސުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖެޓީވީގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެޓީވީގެ އެކްޓިންގ ސީއީއޯ ނާޒްމީ ސައީދު އަދި ވިމަން އޮންބޯޑްސްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް ޒުލޭހާ ފަހީމްއެވެ.

Advertisement

މި ކޮންފަރެންސް ކުރިއަށް ގެންދަނީ ވިމަން އޮން ބޯޑްސް އާއި ހޯޕް ފޯ ވިމަން އަދި ޔުނިސެފް އިންޓަރނޭޝަނަލް ވިމަން އެންޓަޕްރޮނަރޝިޕް އިވެންސް ގުޅިގެންނެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާޒްމީ ވިދާޅުވީ މި މުޖުތަމައުގައި އަންހެނުންގެ ދައުރު ފުޅާކޮށް އަންހެނުން ބާރުވެރި ކުރުވުމަށްޓަކައި ބާއްވާ ކޮންފަރަންސްތަކަކީ ރާއްޖެޓީވީން ވަރަށް ތަރުހީބުދޭ ކަމެއް ކަމަށާއި މި ކޮންފަރެންސްގެ ސަބަބުން މުޖުތަމައުއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މިއީ ރާއްޖޭގައި މި ކޮންފަރެންސް ބާއްވާ ފުރަތަމަ ފަހަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް