Advertisement
ކ. މާލެ
|
29 ޖޫން 2019 | ހޮނިހިރު 19:54
ގެއްލިގެން ހޯދަމުން އަންނަ ކުޑަކުއްޖާ ޝައިމް އަބްދުﷲ
ގެއްލިގެން ހޯދަމުން އަންނަ ކުޑަކުއްޖާ ޝައިމް އަބްދުﷲ
މޯލްޑިވްސް ޕޮލިސް ސާރވިސް
ކުޑަކުއްޖަކު ގެއްލުން
ޝައިމް ހޯދުމަށް ކުރާ މަސައްކަތްތައް ވަރުގަދަ ކުރުމަށް އާކުން ގޮވާލައިފި
ފުލުހުން ވަނީ ޝައިމް ހޯދުމަށް މިހާތަނަށް ތިން ގެއެއް ބަލާ ފާސްކޮށްފައި

ދަޢުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ 18 ޖޫން 2019 ގައި ގެއްލުނު 14 އަހަރުގެ ޝައިމް ޢަބްދުﷲ ހޯދުމަށް މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތައް ވަރުގަދަކުރުމަށް އާކުން ގޮވާލައިފިއެވެ.

އާކްއިން ބުނީ ކުއްޖާ ނުފެނިދާ ކޮންމެ ހިނދުކޮޅަކީ ކުއްޖާ ނުރައްކަލަކަށް، އަނިޔާއަކަށް ނުވަތަ ކުއްޖާގެ ނާޖާއިޒްފައިދާ ނެގެމުގެ ޢަމަލަކަށް ހުށަހެޅިގެންދާ ފުރުސަތު އިތުރުވެގެންދާ ކަމެއް ކަމަށާއި މިހެންކަމުން ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ޝައިމް ޢަބްދުﷲ ހޯދުމަށް ގިނަ ދުވަސްތަކެއް ވެގެންދާތީ، އެ ޖަމިއްޔާއިން ނިހާޔަތަށް ކަންބޮޑުވާ ކަމަށެވެ.

ދަޢުލަތުގެ ބެލުމުގެ ދަށުގައި ދިރިއެޅޭ ކުޑަކުދިންގެ ހާލަތު ރަނގަޅުކުރުމަކީ އާކް އުފެދުނީސުރެ އެންމެ އިސްކަންދީގެން ކުރަމުންގެންދާ އެއް މަސައްކަތް ކަމަށާއި މިހެންކަމުން ދަޢުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ދިރިއުޅޭ މަރުކަޒުތަކާ ގުޅޭގޮތުން މިވަގުތު ފާހަގަކުރެވޭ ކަންބޮޑުވުންތައް ކަމާބެހޭ ފަރާތްތަކާއި ޖަމިއްޔާއިން ހިއްސާ ކޮށްފައިވާ ކަމަށް ވެސް އާކުން ބުނެއެވެ.

ކުއްޖާއާބެހޭ އެއްވެސް މަޢުލޫމާތެއް އެނގޭނަމަ ލަސްނުކޮށް އެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކާ ޚިއްޞާކޮށް މިކަމުގައި އެއްބާރުލުން ދިނުމަށް އާކުން ވަނީ އެދިފައެވެ.

ޝައިމް ގެއްލުމާއި ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ވަނީ އެ ކޮމިޝަނުގެ ތަހުޤީޤަށް ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ އަވަސް ރިޕޯޓް ހޮނިހިރު ދުވަހު ރައްޔިތުންގެ މަޖިލީހާއި ހިއްސާކޮށްފައެވެ.

ޝައިމް ގެއްލިފައިވަނީ ވިލިނގިލީގައި ހުންނަ "އަމާން" ހިޔާގައި ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުއްޓައެވެ. އުމުރުން 14 އަހަރުގެ ޝައިމް ގެއްލިގެން ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ކުރަން ފަށާފައިވަނީ މިމަހުގެ 18 ވީ އަންގާރަ ދުވަހުއެވެ. އަދިވެސް އޭނާ ފެނިފައެއް ނުވެއެވެ.

Advertisement

ޝައިމް ގެއްލިގެން ހޯދަމުން އަންނަކަން މިނިސްޓްރީން ހާމަކޮށްފައިވަނީ، ސޯޝަލް މީޑިޔާގައި އެ ވާހަކަތައް ދައުރުވާން ފެށުމުންނެވެ.

ސޯޝަލް މީޑިޔާގައި އެ ވާހަކަތައް ދައުރުވާން ފެށުމުން ، މިނިސްޓްރީން ބުނެފައިވަނީ ޝައިމް ގެއްލިފައިވަނީ އޭނާއަކީ ކުށުގެ ވެށިން އައިސްފައިވާ ކުއްޖަކަށް ވާތީ، އެ މިނިސްޓްރީން ހަދަމުންދާ އެސެސްމެންޓެއް ހެދުމަށް ހިޔާގެ ބެލުމުގެ ދަށުގައި ވަގުތީ ގޮތުން ބަހައްޓާފައިވަނިކޮށް ކަމަށެވެ.

އަދި އޭނާ ހިޔާ އަށް ގެނެވުނީ އެތަނުގައި ދަފްތަރު ކުރަން ނޫން ކަމަށާ އެ ހިޔާގައި އޭނާ ބަހައްޓަފައި ހުރި ދުވަސްވަރުވެސް އެތަނުގެ ކުދިންނާ އޭނާ އެއްތަން ކޮށްފައި ނުވާނެ ކަމަށެވެ.

ފުލުހުން ވަނީ ޝައިމް ހޯދުމަށް މިހާތަނަށް ތިން ގެއެއް ބަލާ ފާސްކޮށްފައެވެ. އަދި ސީސީޓީވީ ފޫޓޭޖް ބަލައިގެންވެސް ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް