Advertisement
ކ. މާލެ
|
27 ޖޫން 2019 | ބުރާސްފަތި 18:17
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަހާސިންތާ 2019 ޝަރަފުވެރިކޮށްދެއްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވަނީ
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަހާސިންތާ 2019 ޝަރަފުވެރިކޮށްދެއްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
ކުންފުނިތަކުގެ މަހާސިންތާ 2019
ބައެއް ކުންފުނިތަކުގެ މަޤްސަދު އެންމެ ފުރިހަމައަށް އަދާކުރަމުން ނުދޭ: ރައީސް ސޯލިހް
ސަރުކާރާއި ކުންފުނިތަކުގައި ވެސް ކޮރަޕްޝަނަށް މަގުފަހިވުމަށް އޮތް އެންމެ ބޮޑު ދިމާލަކީ ޕްރޮކިއުމަންޓާއި ބިޑްތަކަށް ހުޅުވާލުމަށް ދިމާވެފައިވާ މައްސަލަ
ކޮންމެ ކުންފުންޏެއް ވެސް ވާންޖެހޭނީ ޒިންމާދާރު ކަމާއެކީގައި ރައްޔިތުންނަށް ޖަވާބުދާރީވެވޭ ކުންފުންނަކަށް
އެންމެ މުހިންމު ކަމަކީ ކޯޕަރޭޓް ގަވަނަންސްއާ އެއްގޮތަށް ކުންފުނިތައް ބައްޓަން ކުރުން

ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މަޤްސަދު އެންމެ ފުރިހަމައަށް އަދާކުރަމުން ނުދާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

Advertisement

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަހާސިންތާ 2019 ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއަދު ސަރުކާރާއި ކުންފުނިތަކުގައި ވެސް ކޮރަޕްޝަނަށް މަގުފަހިވުމަށް އޮތް އެންމެ ބޮޑު ދިމާލަކީ ޕްރޮކިއުމަންޓާއި ބިޑްތަކަށް ހުޅުވާލުމަށް ދިމާވެފައިވާ މައްސަލަ ކަމަށާއި ކުންފުނިތަކުގެ މަޤްސަދު އެންމެ ފުރިހަމައަށް އަދާކުރެވިގެން ނުދާ ކަމަށެވެ. އަދި ސަރުކާރު ކުންފުނިތަކަކީ ރައްޔިތުންގެ ފައިސާއިން އުފައްދާފައިވާ ކުންފުނިތައް ކަމަށާއި ކޮންމެ ކުންފުންޏެއް ވެސް ވާންޖެހޭނީ ޒިންމާދާރު ކަމާއެކީގައި ރައްޔިތުންނަށް ޖަވާބުދާރީވެވޭ ކުންފުންނަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދު ސަރުކާރާއި ކުންފުނިތަކުގައި ވެސް ކޮރަޕްޝަނަށް މަގުފަހިވުމަށް އޮތް އެންމެ ބޮޑު ދިމާލަކީ ޕްރޮކިއުމަންޓާއި ބިޑްތަކަށް ހުޅުވާލުމަށް ދިމާވެފައިވާ މައްސަލަ. އެހެންކަމުން ކުންފުނިތަކުގެ ޕްރޮކިއުމަންޓާއި ބިޑް ކުރުމުގެ ކަންތައްތައް ކުރަންވާނީ މިހާރަށްވުރެ ހާމަކަން ބޮޑު ގޮތަކަށް ނުފޫޒުން އެއްކިބާވެގެން. މިހާރު ހުރި ކުންފުނިތަކަށް ބަލާއިރު ބައެއް ކުންފުނިތަކުގެ މަޤްސަދު އެންމެ ފުރިހަމައަށް އަދާކުރަމުންދާ ކަމަށް ދެންނެވޭކަށް ނެތް. އެހެންނަމަވެސް ވަރަށް ރަނގަޅަށް ހިނގާ ކުންފުނިތައް ހުރިކަން މި ފުރުސަތުގައި ފާހަގަކޮށްލަން. މިދެންނެވި ސަބަބުތަކަށްޓަކައި ކުންފުނިތަކުގެ މަޤްސަދު ހާސިލު ކުރެވޭނެ އީޖާދީ ކަންކަން ހޯދާ ކުންފުނިތަކުގެ މިސްރާބު އަލުން ސީދާކުރުމަކީ ހާއްސަ ސަމާލުކަމެއްދީގެން ކުރަންޖެހޭ ކަމެއް.

ސަރުކާރުގެ ކުންފުނިތަކަކީ ރާއްޖޭގެ އިޤްތިސާދު ކުރިއެރުވުމަށް މުހިންމު ރޯލެއް އަދާކުރާ ބައެއްކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ އެންމެ މުހިންމު ކަމަކީ ކޯޕަރޭޓް ގަވަނަންސްއާ އެއްގޮތަށް ކުންފުނިތައް ބައްޓަން ކުރުން ކަމުގައެވެ. އަދި ކުންފުނިތައް ހިންގަމުންދާ ގޮތުގެ މައުލޫމާތު މިހާރަށްވުރެން ބޮޑަށް އާންމު ރައްޔިތުންނާއި ހިއްސާކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ސަރުކާރުގެ ކޮންމެ މަޤާމެއްގައި ހުރި ކޮންމެ ބޭފުޅަކު ވިޔަސް، ކޮރަޕްޝަންގެ އަމަލެއް ހިންގުމަށް މި ސަރުކާރުން ކުޑަ ވެސް ފުރުސަތެއް ނުދޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
27 ޖޫން 2019 | ބުރާސްފަތި 22:53
ހަގީގަތް
ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސޯ. އެކަމަކު ސަރުކާރުގަ ހުސް ކޮރަޕްޓް މީހުން. އަދި ތަނެއް ދޮރެއް ނުދަންނަ ގަމާރުން އިސް މަގާމުތަކުގައި. މިމީހުން މަގާމާ ހަވާލުވާއިރުވެސް އިނގޭނެދޯ ތިމަންމެންނަކީ މިކަމަށް އެންމެ އެކަށީގެންވާ މީހުންނެއް ނޫންކަން. އިބޫޔަށް ބުނެލަން ބޭނުމީ މިހާރުވެސް މަނިކުފާނުގެ ސަރުކާރު ފެއިލްވެއްޖެކަން. އުންމީދުކުރަން އަދި ރަނގަޅުވާނެކަމަށް. އަސްލު އިބޫ ކެބިނެޓް އަދި ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރުމުގެ ބާރު އޮންނަނަމަ މިސަރުކާރު ވަރަށް ފުރިހަމަވީސްކަން ޔަޤީން.