Advertisement
ކ. މާލެ
|
27 ޖޫން 2019 | ބުރާސްފަތި 11:01
ކޯސްޓް ގާރޑުގެ އުޅަނދެއް
ކޯސްޓް ގާރޑުގެ އުޅަނދެއް
އެމްއެންޑީއެފް
މީހެއްގެ ލޮލަށް ބުޅިއެއް ހެރުން
ފީއަލީ ދޯންޏަކުން މަހަށް ދިޔަ މީހެއްގެ ލޮލަށް ބުޅިއެއް ވަދެއްޖެ
ބުޅި ހެރިފައިވަނީ އުމުރުން 57 އަހަރުގެ ދިވެއްސެއްގެ ލޮލަށް
ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފަށް ލިބިފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 09:47 ހާއިރު
މިހާދިސާ ހިނގީ "ދިރާސާ" ނަމަކަށް ކިޔާ ބޯޓެއްގައި

ފ. ފީއަލީ ދޯންޏަކުން މަހަށް ދިޔަ މީހެއްގެ ލޮލަށް ބުޅިއެއް ވަދެ ޒަހަމްވުމާ ގުޅިގެން އޭނާ އަވަސް ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.

އެކަމާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ، ބުޅި ހެރިފައިވަނީ އުމުރުން 57 އަހަރުގެ ދިވެއްސެއްގެ ލޮލަށް ކަމަށާއި، އޭނާ ސިއްހީ އަވަސް ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާރޑް ސްކުއެޑްރޮންއިން ފަށާފައިވާ ކަމަށެވެ.

Advertisement

މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފަށް ލިބިފައިވަނީ ބުޜާސްފަތި ދުވަހުގެ ހެނދުނު 09:47 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މީގެ އިތުރުން، މިހާދިސާ ހިނގީ "ދިރާސާ" ނަމަކަށް ކިޔާ ބޯޓަކުން އދ. މަންދޫގެ ހުޅަނގުން 111 ނޯޓިކަލް މޭލު ދުރުގައި މަސްވެރިކަން ކުރުމަށް ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް