Advertisement
ކ. މާލެ
|
21 ޖޫން 2019 | ހުކުރު 22:22
ކަރެކްޝަނަލް ސާރވިސްގެ އޮފިސަރުންތަކެއް މާފުށީ ޖަލުގައި ހަރަކާތްތެރިވަނީ
ކަރެކްޝަނަލް ސާރވިސްގެ އޮފިސަރުންތަކެއް މާފުށީ ޖަލުގައި ހަރަކާތްތެރިވަނީ
ރާއްޖެ އެމްވީ
ޖަލުގައި ހިނގި ހަމަނުޖެހުން
މާފުށީ ޖަލުގައި ހަމަނުޖެހުން ހިނގާ ދިޔަ ގޮތް މަޖިލީހުން ބަލަނީ
އެ މައްސަލަ ބަލަން ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީން
އެކަމާއި ގުޅިގެން ކޮމެޓީގެ ބައްދަލުވުން ބޭއްވުމަށްފަހު އަމަލުކުރާނެ ގޮތެއް ކަނޑައަޅާނެ
އެ މައްސަލަ އެޗްއާރުސީއެމްގެ ފަރާތުންވެސް އަންނަނީ ތަހުޤީޤްކުރަމުން

ޖަލު އޮޮފިސަރަކަށް ހަމަލާދިނުމާއި ގުޅިގެން ކ. މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުން، ހިނގާދިޔަގޮތް ރައްޔިތުންގެ މަޖިލީހުން ބަލަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީން އެކަން ހިނގާ ދިޔަ ގޮތް ބެލުމަށް ތާވަލްކޮށްފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރަށެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންސާނީ ހައްގުތަކާއި ބެހޭ ކޮމެޓީގެ މުގައްރިރު ޖީހާން މަހްމޫދު ވިދާޅުވީ ހޮނިހިރު ދުވަހު އެކަމާއި ގުޅިގެން ކޮމެޓީގެ ބައްދަލުވުން ބޭއްވުމަށްފަހު އަމަލުކުރާނެ ގޮތެއް ކަނޑައަޅާނެ ކަމަށެވެ. އަދި އިދާރާތައް ހާޒިރުކޮށް، ސުވާލުކުރަންޖެހޭނަމަ އެކަންވެސް ކޮމެޓީންކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

ކ.މާފުށި ޖަލުގައި ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގައި ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ. މިނިސްޓްރީން ބުނީ, ގައިދީއަކު އިސްވެ އޮފިސަރަކަށް ހަމަލާދީ ހިންގި އެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގައި ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުން ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ މައްސަލަ އެޗްއާރުސީއެމްގެ ފަރާތުންވެސް އަންނަނީ ތަހުޤީޤްކުރަމުންނެވެ.

މާފުށީ ޖަލުގައި ހިނގި އެ ހަމަނުޖެހުމުގައި ދެ ގޮޅިއަކުން ޖުމްލަ ފަސް މީހުން ނެރުމަށްފަހު އެމީހުން ފަހަތަށް ބިޑި އަޅުވައި ބިން މައްޗަށް ވައްޓާލުމަށްފަހު މުގުރުން ގައިގައި ތަޅާ، ކުރިމަތި ފަރާތަށާއި ފުރަގަސް ފަރާތަށް ޕެޕަރ ސްޕްރޭ ޖަހައި ބޯ ބާލުވާފައިވާ ކަމަށް އެކި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެހެންނަމަވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް