ކ. މާލެ
|
2 މާރޗް 2017 | ބުރާސްފަތި 17:55
 40 އަށް މިނެޓްގެ ތެރޭގައިވަނީ އަލިފާން ކޮންޓްރޯލް ކޮށްފައި
40 އަށް މިނެޓްގެ ތެރޭގައިވަނީ އަލިފާން ކޮންޓްރޯލް ކޮށްފައި
ބީބީސީ
އަލިފާނުގެ ހާދިސާ
މެލްބަންގެ ފެކްޓަރީއެއްގައި ރޯވެ ތިން މީހުން މަރުވެއްޖެ
މި ފެކްޓަރީއަކީ ގެދޮރު ނެތް މީހުން ބޯހިޔާވަހިކަމަށްވެސް ބޭނުންކޮށް އުޅޭ ތަނެއް

އޮސްޓްރޭލިއާގެ މެލްބަންގައި ބާވެ ދޫކޮށްލާފައި ހުރި ފެކްޓްރީއެއްގައި އަލިފާން ރޯވެ ތިން މީހުން މަރުވެއްޖެއެވެ.

އެއްޗެއް ގޮވި ކަމުގެ ރިޕޯޓަކާއެކު ފަޔަރަ ފައިޓަރުންނަށް ގުޅާފައިވަނީ އޮސްޓްރޭލިއާގެ ގަޑިން ރޭނގަޑު 11:30 ހާއިރުއެވެ.

އިމާރާތުގެ ތެރެއިން މަރުވެފައި އޮތް ތިން މީހުންގެ ހަށިގަނޑު ފެނުމުގެ ކުރިން، ހާދިސާ ހިނގިތާ ސާޅީހަކަށް މިނެޓްގެ ތެރޭގައިވަނީ އަލިފާން ކޮންޓްރޯލް ކޮށްފައެވެ.

އެ ގައުމުގެ މީޑިއާތަކުން ބުނާގޮތުގައި މަރުވީ ތިން ފިރިހެނުންނާއި އަންހެނެއް ކަމަށް ބެލޭ ކަމަށެވެ.

މި ފެކްޓަރީއަކީ ގެދޮރު ނެތް މީހުން ބޯހިޔާވަހިކަމަށްވެސް ބޭނުންކޮށް އުޅޭ ތަނެކެވެ.

ފުލުހުން ބުނީ އަލިފާނާ ބެހޭ މާހިރުން މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ.

މަންޒަރު ދުށް އެކެއް ކަމަށްވާ މުހައްމަދު އަލީ ބުނީ ހަޅޭއްލަވާ އަޑު އިވުނު ކަމަށެވެ.

"އިރުކޮޅެއް ފަހުން އަހަންނަށް ފެނުނީ ފަޔަރ އިންޖިން އަންނަނިކޮށް" ޓެކްސީ ކުރަން އުޅޭ މުހައްމަދު އަލީ ބުންޏެވެ.

އެ ފެކްޓަރީ އަކީ ވިކްޓޯރިއާގެ އެންމެ ބޮޑު ރޯޕްވޯކް އެވެ. އެ ތަނަކީ  1903 ން 2002 އަށް ހިންގާފައިވާ ތަނެކެވެ. ފެކްޓްރީ ބަންދުކުރުމަށްފަހު އެ ސްޓޭޓްގެ ސަރުކާރުން ނިންމާފައިވަނީ އެތަނުގައި ބޮޑު އެޕާޓްމަންޓް ކޮމްޕްލެކްސް އެއް ހެދުމަށެވެ.

- ކޮމެންޓް