Advertisement
ކ. މާލެ
|
12 ޖޫން 2019 | ބުދަ 23:33
ނަމާލް ރާޖަޕަކްސަ ރައީސް ސޯލިހާއި ބައްދަލު ކުރައްވަނީ
ނަމާލް ރާޖަޕަކްސަ ރައީސް ސޯލިހާއި ބައްދަލު ކުރައްވަނީ
ޓްވިޓަރ
ނަމާލް ރާއްޖެ ވަޑައިގަތުން
ރާއްޖޭއިން ލިބުނު މެހެމާންދާރީ އަށް ނަމާލް ޝުކުރު އަދާކުރައްވައިފި
އަދި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ނަމާލް ވިދާޅުވި

ރާއްޖެއިން ލިބުނު މެހެމަންދާރީ އަށް އަވަށްޓެރި ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ ޝުކުރު އަދާކުރައްވައިފިއެވެ.

ނަމާލް މި މަހުގެ 10 ވަނަ ދުވަހު ރާއްޖެ ވަޑައިގެންނެވީ ލަންކާ އަށް ދިން ހަމަލާއަށް ފަހު އެގައުމުގެ ހާލަތު ރާއްޖެއަށް އޮޅުން ފިލުވައިދީ، ލަންކާގައި ނުރެއްކަލެއް ނެތްކަމަށް ބަޔާންކޮށް ދިނުމުގެ ގޮތުންނެވެ.

Advertisement

ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނަމާލް ދިވެހި ބަހުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހިންގެ މެހެމާންދާރީ އާއި ލިބުނު ލޯތްބާއި ބެހެއްޓެވި ގާތްކަމުން ލިބުނީ ބޮޑު އުފަލެއް ކަމަށާއި ދާދި އަވަސް މުސްތަޤްބަލެއްގައި އަނެއްކާވެސް މިފަދަ ދަތުރެއް ދިވެހިރާއްޖެއަށް ކުރުމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އޭނާގެ މި ދަތުރަކީ ވަރަށް ވެސް ކާމިޔާބު އަދި މުހިންމު ދަތުރެއް ކަމަށް މި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ނަމާލް ވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ އިތުރުން އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވާފައެވެ. އަދި މީގެ އިތުރުން ނަމަލް ވަނީ ނައިބް ރައީސް ފައިސަލް ނަސީމާ ބައްދަލުކުރައްވާފައެވެ.

ނަމާލް ވަނީ އަންގާރަ ދުވަހު ރާއްޖެއަށް ޓީވީއަށް ޒިޔާރަތް ކުރައްވާ، އިންޓަވިއު ދެއްވާފައެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ނަމަލް ސްރީލަންކާ އަށް ވަޑައިގަންނެވީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ނަމަލް ވަނީ ރައީސް ސޯލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވެސް ރާއްޖެ ވަޑައިގެންފައެވެ.

ނަމަލް އަކީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ހަމްބަންދޮޓަ ޑިސްޓްރިކްޓްގެ މެމްބަރެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް