Advertisement
ކ. މާލެ
|
12 ޖޫން 2019 | ބުދަ 18:00
އިނގިރޭސި ޚާރިޖީ ވަޒީރު ޖެރެމީ ހަންޓްެއާ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައްދަލުކުރައްވަނީ
އިނގިރޭސި ޚާރިޖީ ވަޒީރު ޖެރެމީ ހަންޓްެއާ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައްދަލުކުރައްވަނީ
ޓްވިޓަރ
ފޮރިން މިނިސްޓަރ
އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރާއި، ޚާރިޖީ އޮފީހުގެ އިސްބޭފުޅުންނާއި ފޮރިން މިނިސްޓަރ ބައްދަލުކުރައްވައިފި
މިނިސްޓަރ ޝާހިދު އެންމެ ފުރަތަމަ ބައްދަލުކުރެއްވީ އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު، އަދި ފޮރިން އޮފީހުގެ ކުރީގެ ވަޒީރު ހޫގޯ ސްވަޔަރ އާ

އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރާއި، ޚާރިޖީ އޮފީހުގެ އިސްބޭފުޅުންނާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.

ބުދަ ދުވަހު މިނިސްޓަރ ޝާހިދު އެންމެ ފުރަތަމަ ބައްދަލުކުރެއްވީ އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު، އަދި ފޮރިން އޮފީހުގެ ކުރީގެ ވަޒީރު ހޫގޯ ސްވަޔަރ އާއެވެ. މި ބައްދަލުވުމުގައި ރާއްޖެއިން ކޮމަންވެލްތާއި ގުޅިގެން މަސައްކަތްކުރުމާއި ބެހޭ ގޮތުން 2 ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

އެ ބައްދަލުކުރައްވެމަށްފަހު މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވީ އިނގިރޭސި ޚާރިޖީ ވަޒީރު ޖެރެމީ ހަންޓް އާއެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖެ އަލުން ކޮމަންވެލްތާއި ގުޅުމާއި ބެހޭ ގޮތުންނާއި، މޫސުމީ ބަދަލުތަކާއި ގުޅޭ ގޮތުން ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ.

Advertisement

ޝާހިދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފައިވަނީ އަންގަރާ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެއްހަފްތާގެ ތެރޭގައި މިނިސްޓަރ ޝާހިދު ރާއްޖެ ވަޑައިގަންނަވާނެއެވެ. މިއީ ނޮވެމްބަރު މަހު ވަޒީރުކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ޝާހިދު އިނގިރޭސިވިލާތަށް ކުރެއްވި 2 ވަނަ ރަސްމީ ދަތުރުފުޅެވެ.

މީގެ އިތުރުން ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ އޭޝިއާ އަދި ޕެސިފިކް ސަރަހައްދާއިި ބެހޭ ވަޒީރު މާކް ފީލްޑް އާއި ބައްދަލުކުރައްވައި، އެކި ދާއިރާތަކުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް