Advertisement
ކ. މާލެ
|
12 ޖޫން 2019 | ބުދަ 08:51
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު އަދި ޖުޑިޝަލް ސަރވިސް ކޮމިޝަންގެ މެމްބަރު ހިސާން ހުސެއިން ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު އަދި ޖުޑިޝަލް ސަރވިސް ކޮމިޝަންގެ މެމްބަރު ހިސާން ހުސެއިން ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ރާއްޖެޓީވީގެ ފަލަ ސުރުހީ
ފަނޑިޔާރުގެ އިސްލާހު ނުވުމުގެ އަސްލަކީ ފާޑުކިޔުންތައް ބަލައިނުގަތުން: ހިސާން
ކޯޓުގައި ތިބި ފަސް ފަނޑިޔާރުން އަޑުއަހަން ބޭނުންނުވާ އެއްޗެއް ބުނާ މީހަކީ ގޯސް މީހާ
ޝަރުއީ ދާއިރާގައި ހައްލުކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި
މަޖިލީހުން ނިންމި އެންމެ މުހިންމު ނިންމުމަކީ ޖުޑިޝަރީއާ ގުޅޭ ކޮމެޓީއެއް އުފެއްދުން

ފަނޑިޔާރުގެ އިސްލާހު ކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތްތައް ފެއިލްވެ، ފަނޑިޔާރުގެ އިސްލާހު ނުވުމަކީ އަމާޒުވާ ފާނޑުކިޔުންތައް ބަލައިނުގަތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު އަދި ޖުޑިޝަލް ސަރވިސް ކޮމިޝަންގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވިއެވެ.

Advertisement

ރާއްޖެޓީވީގެ ފަލަސަރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ ޝަރުޢީ ދާއިރާ އިޞްލާޙު ކުރުމަށް ކޮންސަލްޓަންޓެއްގެ ގޮތުގައި އައްޔަންކުރެއްވި ސައުތު އެފްރިކާގެ ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކުރައްވާ އިންޒާރުދެއްވި ކަމަށް އެ ކޯޓުން ބުނެފައިވާއިރު ފަނޑިޔާރުގެ އަލުން އެކުލަވާލަން ޖެހޭ ވާހަކައަކީ އަލަށް އެ ކޯޓުގެ ފަނޑިޔާރުންނަށް އިވިވަޑައިގެންނެވި ވާހަކަފުޅެއް ނޫން ކަމަށެވެ. އަދި އެ ފަނޑިޔާރުން އަޑުއެއްސެވުމަށް ބޭނުންފުޅުނުވާ ކޮންމެ އެއްޗެއް ބުނާ މީހާއަކީ، އެ ފަނޑިޔާރުންގެ ނަޒަރުގައި ގޯސް މީހަކަށް ވާކަމަށް ވެސް ހިސާން ވިދާޅުވިއެވެ.

"އެ ބޭފުޅުންނަށް ޤަބޫލުނުކުރެވެނީތޯ އެ ބޭފުޅުންގެ ކަންތައްތައް އިސްލާހު ކުރައްވަން ޖެހޭ ކަމަށް؟ އެއް ދުވަހު އެބަ ވިދާޅުވޭ އިސްލާހު ކުރަން ކަންތައްތައް އެބަހުއްޓޭ. މަގު ޗާޓު މި އޮތީއޭ. ބޭރުން މީހަކު އައިސް އިސްލާހު ކުރަން ބުނީމަ އެ ބުނަނީ އެއީ ލާދީނީ މީހެކޭ. ކްރިސްޓިއަނެކޭ ތިމަންނަމެންނަށް ބިރު ދައްކަނީއޭ. ކިހިނެއްތޯ ރިޓަޔަރޑް ފަނޑިޔާރަކު އައިސް ކޯޓުގެ ފަސް ފަނޑިޔާރުންނަށް ބިރު ދައްކާނީ؟ ކޯޓުގައި ތިބި ފަސް ފަނޑިޔާރުން އަޑުއަހަން ބޭނުންނުވާ އެއްޗެއް ބުނާ މީހަކީ ގޯސް މީހާ. އެ ބޭފުޅުންގެ ނަޒަރުގައި އެ ބޭފުޅުން ވިދާޅުވާ ގޮތް އެއީ ރަނގަޅު ގޮތް،"
މެންބަރު ހިސާން ހުސައިން

މިދިޔަ އަހަރު އެތައް ވަކީލުންނެއް ސަސްޕެންޑް ކުރެވުނު މަންޒަރު ފެނިގެންދިޔަ ކަމަށް ހިސާން ވިދާޅުވިއެވެ. އަދި ސުޕްރީމް ކޯޓުން ހަދާފައިވާ މަގުޗާޓަކީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ހެދި މަގުޗާޓެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ހިސާން ވަނީ ފާހަގަކުރައްވާފައެވެ.

ހުރިހާ ވައުދެއް ވެސް ގުޅިފައި ވަނީ އިންސާފާކަން ފާހަގަކުރައްވާ ހިސާން ވިދާޅުވީ އިންސާފު އަދުލުވެރި ނިޒާމެއް ރާއްޖޭގައި ޤާއިމުނުވެ އެއްވެސް ކަމެއްގައި އިންސާފުން ކަންތައްތައް ނިމިގެން ނުދާނެ ކަމަށެވެ.

ޝަރުއީ ދާއިރާގައި ހައްލުކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި އެކަންތައްތައް ހައްލުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނިންމި އެންމެ މުހިންމު ނިންމުމަކީ ޖުޑިޝަރީއާ ގުޅޭ ކޮމެޓީއެއް އުފެއްދުން ކަމަށް ހިސާން ވިދާޅުވިއެވެ. އަދި އެ ކޮމެޓީގެ މެންޑޭޓަކީ ޖުޑިޝަލް ސަރވިސް ކޮމިޝަނުންކުރާ ކަންތައްތައް ބަލައި ފާރަވެރިވުން ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.

ހިސާން ވަނީ ފަނޑިޔާރުން ވަގުތު އެއްކޮށް ހުސްކުރައްވައިގެން، އެ ފަނޑިޔާރުންގެ ކުރިފުޅު މައްޗަށް ހުށަހެޅޭ މައްސަލަތަކުގައި އަދުލުވެރިކަމާއި އިންސާފުވެރިކަމާ އެކު ގޮތް ނިންމަވަން، މަސައްކަތް ކުރެއްވުމަށް ގޮވާލައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް