Advertisement
ކ. މާލެ
|
9 ޖޫން 2019 | އާދީއްތަ 15:25
ކ.މާލެ
ކ.މާލެ
ޝުއައިބް މުހައްމަދު އިގްބާލް
ރޯޑް ޑިވޮޕޮޕްމަންޓް ކޯޕަރޭޝަން
އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުންފުންޏެއް އުފައްދަވައިފި
ކުންފުނި އުފައްދަވާފައިވަނީ ރައީސްގެ ޤަރާރަކުން
މިއީ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއް

އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމަށް "ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުންފުންޏެއް އުފައްދަވައިފިއެވެ.

އާދިއްތަ ދުވަހު ރައީސް އޮފީހުން ބުނީ، ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ޤާނޫނު ގެ 95 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ މި ކުންފުނި އުފައްދަވާފައި ވަނީ، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި އެއްގަމު ދަތުރުފަތުރު ކުރެވޭނެ ފަދަ ރަނގަޅު ފެންވަރުގެ މަގުތަކެއް ހަދައި ބެލެހެއްޓޭނެ ނިޒާމެއް ޤާއިމު ކުރުމަށް ކަމަށެވެ. އެގޮތުން ރައީސް ސޯލިހުގެ ޤަރާރަކުން އުފައްދަވާފައިވާ މި ކުންފުންޏަކީ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.

މި ކުންފުނި އުފެއްދުމުގެ މަޤްސަދަކީ ކުރު އަދި ދިގު ރާސްތާގައި އެއްގަމު ދަތުރުފަތުރު ކުރުމަށް އެއްރަށާއި އަނެއް ރަށް ގުޅާލައި، ބްރިޖުތައް ތަރައްޤީކޮށް އެންމެ އެކަށީގެންވާ ފެންވަރެއްގައި އެތަންތަން ބެލެހެއްޓުން ކަމަށާއި، އެކަމަކީ އިޤްތިސާދީ އަދި އުމްރާނީ ތަރައްޤީއަށް މުހިއްމު ކަމެއް ކަމަށް ރައީސް ދެކިވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

މީހުން ދިރިއުޅޭ ރަށްތަކުގައި އެއްގަމު ދަތުރުފަތުރު ކުރެވޭނެ ފަދަ ރަނގަޅު ފެންވަރުގެ މަގުތަކެއް ހަދައި ބެލެހެއްޓުން މި ކުންފުނީގެ މަޤުސަދު ތަކުގެ ތެރޭގައި ހިމެނޭއިރު، ރާއްޖޭގެ ވެރިކަންކުރާ ރަށް މާލޭގެ މަގުތަކުގެ ހާލަތު އަދިވެސް ރަނގަޅު ނުވާ ކަމަށް މާލޭ މޭޔަރު ޝިފާ މުހައްމަދު ވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ސިޓީ ކައުންސިލުން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ، މާލޭގެ މަގުތައް ރީސްޓްރަކްޗާ ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް