Advertisement
ކ. މާލެ
|
8 ޖޫން 2019 | ހޮނިހިރު 16:20
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދަންނަވަނީ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދަންނަވަނީ
ރައީސް އޮފީސް
މޯދީގެ ދަތުރުފުޅު 2019
ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދެވޭނެ: ޝާހިދު
ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގެންނެވި މިއީ ދެވަނަ ފަހަރު
މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަގްރީރުކުރައްވާނެ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދެވޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

Advertisement

ހޮނިހިރު ދުވަހު ޝާހިދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބޮޑުވަޒީރު މޯދީ އަށް މަރުހަބާ ދެންނެވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

ދެ ދުވަހުގެ ދަތުރުފުޅަކަށް ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގެންފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރުއެވެ. މޯދީ ރާއްޖެ ވަޑައިގެންނެވީ ދެ ވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވުމަށް ފަހު، ސަރަހައްދުގެ ގައުމުތަކައް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ހަ އެއްބަސްވުމެއްގައި ސޮއި ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އެއްބަސްވުންތަކަކީ ރާއްޖޭގައި ހިއުމަން ރިސޯސްގެ ވަސީލަތްތައް ތަރައްގީ ކުރުމަށް ވެވޭ އެއްބަސްވުންތަކެކެވެ.

މިއީ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގެންނެވި ދެވަނަ ފަހަރެވެ. މޯދީ ވަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ކުރިން ވަޑައިގަންނަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް