Advertisement
ކ. މާލެ
|
8 ޖޫން 2019 | ހޮނިހިރު 11:56
ޕެރަޑައިސް އައިލެންޑް ރިޒޯޓް
ޕެރަޑައިސް އައިލެންޑް ރިޒޯޓް
ގޫގުލް
ދޯންޏެއްގެ ބުރަފަތިން ޖެހި ފަތުރުވެރިއަކު ޒަހަމްވު
ދޯންޏެއްގެ ބުރަފަތިން ޖެހި ފަތުރުވެރިއެއްގެ ފައި ޒަހަމްވެއްޖެ
އެހާދިސާގައި ޒަހަމްވެފައިވަނީ ޖާރމަނީގެ ފަތުރުވެރިއެއް

ދޯންޏެއްގެ ބުރަފަތިން ޖެހި ފަތުރުވެރިއެއްގެ ފައި ވަރަަށް ބޮޮޑަށް ޒަހަމްވެއްޖެއެވެ.

ހޮނިހިިރު ދުވަހު ޕެރަޑައިސް އައިލެންޑް ރިސޯޓުގައި އޮންނަ މަންތާ ޕޮއިންޓްގައި ހިނގި މި ހާދިސާއާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެ ހާދިސާގައި ޒަހަމްވެފައި ވަނީ ޖަރމަނީގެ ފަތުރުވެރިއެއް ކަމަށާއި، ޕެރަޑައިސް ރިސޯޓުގެ ދޯންޏެއްގެ ބުރަފަތިން ޖެހި އޭނާގެ ފައި ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ، އަނިޔާ ލިބުނު މީހާ ރިސޯޓުގެ އެހީގައި ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާ ކަމަށާއި، އެ މައްސަލަ ފުލުހުން ތަހުޤީޤު ކުރަމުންދާ ކަމަށެވެ.

Advertisement

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް