ކ. މާލެ
|
1 މާރޗް 2017 | ބުދަ 02:38
އުމުރުން 70 އަހަރުގެ ޔޯގެން ކޭންޓްނަރ ރަހީނުކޮށްފައިވަނީ މިދިއަ ނޮވެމްބަރު މަހު
އުމުރުން 70 އަހަރުގެ ޔޯގެން ކޭންޓްނަރ ރަހީނުކޮށްފައިވަނީ މިދިއަ ނޮވެމްބަރު މަހު
ގޫގުލް
އަބޫ ސައްޔާފް ޖަމާޢަތް
ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި
ޖަރުމަނަށް ނިސްބަތްވާ މީހާ ރަހީނު ކުރީ މިދިޔަ ނޮވެމްބަރ މަހު
މަރާލީ ބަދަލުގައި 600000 ޑޮލަރު ދިނުމަށް ދެކޮޅުހެދުމުން

ފިލިޕީންސްގެ ހަނގުރާމަވެރި ޖަމާއަތަކުން ޖަރުމަނުގެ ރައްޔިތަކު ރަހީނުކޮށް، ކަރުބުރިކޮށްގެން މަރާލައި މައްސަލައިގައި ފިލިޕީންސްގެ ރައީސް، ރޮޑްރިގޯ ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފިއެވެ.

ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފައި މިވަނީ، ހަނގުރާމަވެރި ނިރުބަވެރި (ޓެރަރިސްޓް) ޖަމާޢަތް، އައިސިސްއަށް ތާޢީދުކުރާ ފިލިޕީންސްގެ އަބޫ ސައްޔާފް ގްރޫޕުން ރަހީނުކޮށްފައިހުރި އުމުރުން 70 އަހަރުގެ ޖަރުމަނު ފިރެހެނެއް ކަމުގައިވާ ޔޯގެން ކޭންޓްނަރގެ ބޯ ބުރިކޮށްލާ ވީޑިއޯއެއް އެ ޖަމާޢާތުން އާންމު ކުރުމާއި ގުޅިގެންނެވެ. މާފަށް އެދުނު ނަމަވެސް ރައީސް ޑުޓޭޓޭ ވަނީ، ރަހީނު ކުރާ މީހުންގެ ބަދަލުގައި ފައިސާ ދިނުމާއި ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.

ޚަބަރުތައް ބުނާގޮތުގައި އަބޫ ސައްޔާފް ޖަމާއަތުން ކޭންޓްނަރ މަރާލާފައިވަނީ، އޭނާ ރަހީނު ކުރުމަށްފަހު، ބަދަލެއްގެ ގޮތުގައި ހޯދުމަށް އެދުނު 600،000 އެމެރިކާ ޑޮލަރު ދޭން ފިލިޕީންސް ސަރުކާރުން ދެކޮޅު ހެދުމުންނެވެ.

ޖަރުމަނު ސަރުކާރާއި ކޭންޓްނަރގެ އާއިލާ އާއި މުޚާތަބު ކުރައްވާ، ރައީސް ޑުޓާޓޭ ވިދާޅުވީ ކޭންޓްނަރގެ މަރާއި ގުޅިގެން މަޢާފަށް އެދިވަޑައިގަންނަވާ ކަމަށާ، އެކަމާ އިންތިހާއަށް ހިތާމަ ކުރައްވާ ކަމަށެވެ. ކޭންޓްނަރ ސަލާމަތް ކުރުމަށް ކަމާއި ބެހޭ ހުރިހާ ފަރާތްތަކާއި، ޚުދު އަސްކަރިއްޔާއިންވެސް ގިނަ މަސައްކަތްތަކެއް ކުރި ކަމަށާ، ނަމަވެސް ކޭންޓްނަރ މަރާލީ އެ މަސައްކަތް ކާމިޔާބު ނުވަނީސް ކަމަށްވެސް ޑުޓާޓޭ ވިދާޅުވިއެވެ. އަދި ކޭންޓްނަރ މަރާލިއިރުވެސް އަބޫ ސައްޔާފުގެ ހަނގުރާމަވެރިން ނުހޯދޭ ކަމަށާ، އެކަން ޤާބޫލުކުރާ ކަމަށްވެސް ރައީސް ޑުޓާޓޭ ވިދާޅުވިއެވެ.

ޑުޓާޓޭ ވިދާޅުވީ، ރަހީނު ކުރާ މީހުންގެ ބަދަލުގައި ފައިސާ ނުދޭނެ ކަމަށާ އެއީ މުހިއްމު ސަބަބުތަކަކާއި ގުޅިގެން އަމަލުކުރާ އުސޫލެއް ކަމަށެވެ. އެގޮތުން ރަހީނު ކުރާ މީހުންގެ ބަދަލުގައި ފައިސާ ދޭން ފަށަިފި ނަމަ، އެކަމުން ހިތްވަރު ލިބި، މިފަދަ ޖަމާއަތްތަކާއި އިތުރު ފަރާތްތައް ގުޅޭނެ ކަމަށާ، އޭރުން ރަހީނުންގެ އަދަދު ދުވަހެއް ދުވަހަކަށް ވާނީ އިތުރު ކަމަށެވެ.

އަބޫ ސައްޔާފު ގްރޫޕުން ކޭންޓްނަރ މަރާލާފައިވާއިރު، މިދިޔަ ނޮވެމްބަރު މަހު އޭނާ ރަހީނު ކުރިއިރު، އަބޫ ސައްޔާފު ގްރޫޕުގެ ނިރުބަވެރިން (ޓެރަރިސްޓުން) ވަނީ އޭނާގެ ބައިވެރިޔާ، ސަބީން މަރޒް މަރާލާފައެވެ.

- ކޮމެންޓް