ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ މަދުވެގެން ހަތް މީހުން މަރާލައިފިއެވެ.
ކޮލަމްބޯގެ ބޭރުން ކަލުތަރާގައި ދިން ހަމަލާގައި ފަސް ގައިދީންނާއި ދެ ގާޑުން މަރުވެ އިތުރު ނުވަ މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހަމަލާދެވުނު މި ބަސް ދަތުރު ކުރަމުންދިޔައީ އަންޑަވޯލްޑް މީހުން ކަމަށް ތުހުމަތު ކުރެވޭ ބައެއް މީހުންނާއި އިތުރު ބައެއް ގައިދީން ގޮވައިގެން ކޯޓަށެވެ.
ފުލުހުން ބުނީ މި ހަމަލާއަކީ ދެ ގޭންގެއްގެ މެދުގައި އޮތް ރުޅިވެރިކަމެއްގެ ތެރެއިން ހިނގާފައިވާ ކަމެއް ކަމަށެވެ.
ބަހަށް އަމާޒުކޮށް ވަޒަންތައް ބުރުވާލުމަށް ފަހު ހަމަލާދިން މީހާ ވަނީ ފިލާފައެވެ.
ލަންކާގައި ހުންނަ ބީބީސީގެ ކޮރެސްޕޮންޑެންޓް ބުނާ ގޮތުގައި މިއީ މި ވޭތުވެދިޔަ ހަތަރު ވަރަކަށް އަހަރުގެ ތެރޭގައި ލަންކާގައި ދީފައިވާ މިފަދަ އެންމެ ނުރައްކާތެރި ހަމަލާއެވެ.
ގައިދީން އުފުލާ ބަސްތަކަށް ހަމަލާދިނުމުގެ ހާދިސާތައް މީގެ ކުރިން ވެސް ހިގާފައި ވެއެވެ.