Advertisement
ކ. މާލެ
|
24 މެއި 2019 | ހުކުރު 22:32
ތޫމް ރެސްޓޯރެންޓް ހުރި ސަރަހައްދު
ތޫމް ރެސްޓޯރެންޓް ހުރި ސަރަހައްދު
ތަހާރަތު މުހައްމަދު ވަހީދު
އަލިފާނުގެ ހާދިސާ
ތޫމް ރެސްޓޯރެންޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވަމުން ދަނީ

ތޫމް ރެސްޓޯރެންޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އަލިފާން ރޯވުމާއެކު، އެމްއެންޑީއެފްގެ ފަޔަރަ އެންޑް ރެސްކިއު ޓީމުން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފަ އެވެ. އަދި އާންމުންނާއި، އެމްއެންޑީއެފުން ކުރި މަސައްކަތުން ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވަނީ އަލިފާން ކޮންޓްރޯލްކޮށްފަ އެވެ.

އަލިފާނުގެ ހާދިސާގައި މާ ބޮޑު ގެއްލުމެއް ލިބިފައިނުވާއިރު، އަލިފާން ރޯވީ ރެސްޓޯރެންޓުގެ ބަދީގޭގަ އެވެ. އަދި ރޯވުމާއެކު ބަދިގޭގައި މަސައްކަތްކުރާ މުވައްޒަފުން ވަނީ އަލިފާން ނިއްވާ ފުޅިން އަލިފާން ނިއްވާލުމަށްޓަކައި މަސައްކަތްކޮށްފަ އެވެ.

Advertisement

މި ހާލިފާނުގެ ހާދިސާގައި ރެސްޓޯރެންޓަށް މާ ބޮޑު ގެއްލުމެއް ލިބިފައެއް ނުވެ އެވެ. އަދި އަލިފާން އިތުރަށް ނުފެތުރެނީސް ކޮންޓްރޯލްކުރެވުނުއިރު، ބަދިގޭގައި ގިނަ އަދަދެއްގެ ގޭސްފުޅިތަކެއްވެސް ކައިރިކައިރީގައި ބަހައްޓާފަ ހުރި އެވެ.

ތޫމް ރެސްޓޯރެންޓު ހުންނަނީ ބޮޑު ތަކުރުފާނުމަގު، އެމްޑީޕީ ހަރުގެޔާއި އިންވެގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް