ކ. މާލެ
|
22 މެއި 2019 | ބުދަ 14:52
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާއެކު ސޮއި ކުރަނީ
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާއެކު ސޮއި ކުރަނީ
ޝުއައިބް މުހައްމަދު އިގްބާލް
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން
ހަތަރު ރަށެއްގެ މަގުތަކުގައި ތާރުއެޅުމަށް އެމްޓީސީސީއާއި ހަވާލު ކޮށްފި
އެމްޓީސީސީއާއި ހަވާލު ކުރީ 8 މަސް ދުވަހުގެ ތެރޭގައި އެމަސައްކަތް ނިންމުމަށް

ހަތަރު ރަށެއްގެ މަގުތަކުގައި ތާރު އެޅުމަށް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާއެކު ސޮއި ކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި އޮތް ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އެމިނިސްޓްރީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރ(ސީއީއޯ) ހަސަން ޝާހުއެވެ.

އެމްޓީސީއިން ސޮއި ކުރި ހަތަރު ރަށަކީ:

1.ހދ. ހަނިމާދޫ: 46،799،227.79ރ.

ރ.ދުވާފަރު: 28،251،542.52ރ.

ރ. އުނގޫފާރު: 19،399،771.26ރ.

ލ.ފޮނަދޫ: 25،576،576.53ރ.

މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މި ހަތަރު ރަށާއެކު ވެފައިވާ އެއްބަސްވުމުގައި 240 ދުވަސް(8 މަސް) ދުވަހުގެ ކުރިން އެމަސައްކަތް ނިންމުމަށް ފަހު ޕްލޭނިން މިނިސްޓްރީއާއި އެމްޓީސީސީއިން ހަވާލު ކުރަން ޖެހެއެވެ. ހަތަރު ރަށުގެ ތެރެއިން ލ. ފޮނަދޫއާއި އުނގޫފާރު އަދި ހަނިމާދޫގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެމްއާރުޑީސީގެ ދަށުންނެވެ. އެހެން ނަމަވެސް އެމްއާރުޑީސީ އުވާލުމާއި ގުޅިގެން އޭރު ހައުސިން މިނިސްޓްރީގެ ދަށުން ހިންގަމުން އައި ޕަބްލިކް ސަރވިސް ވޯކް(ޕީޑަބްލިއުއެސް)ގެ ދަށަށް ބަދަލުކޮށް ވަނީ މަސައްކަތް ފަށާފައެވެ. ދުވާފަރުގެ މަސައްކަތް އޭރު ވެސް ކޮށްފައިވަނީ ޕީޑަބްލިއުއެސްގެ ދަށުންނެވެ. މިސަރުކާރު ވެރިކަމަށް އައުމަށް ފަހު ހައުސިން މިނިސްޓްރީގެ ދަށުން ކުރަމުން ދިޔަ ބައެއް މަސައްކަތްތައް ވަނީ އަލަށް އުފެއްދި ޕްލޭނިން މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފައެވެ.

ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޝާނާ ވިދާޅުވީ އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ ސަރުކާރުން އެ ހަތަރު ރަށުގައި ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން ނުނިމި ހުރި މަސައްކަތް ނިންމުމަށް ކަމަށެވެ. އެއީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްތަކާއި "ސައިޑް ވޯކްސް" ކަމަށް ވިދާޅުވިއެވެ.

- ކޮމެންޓް