ކ. މާލެ
|
21 މެއި 2019 | އަންގާރަ 23:05
ބުރިކޮށްލާފައިވާ އެމްޑަބްލިއުއެސްސީގެ ކޭބަލް
ބުރިކޮށްލާފައިވާ އެމްޑަބްލިއުއެސްސީގެ ކޭބަލް
ޕޮލިސް
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީގެ ކޭބަލެއް ބުރިކޮށްލި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފި
އެ ތިން މީހުން ހައްޔަރު ކޮށްފައިވަނީ ހޯމަ ދުވަހު

ގދ. ގައްދޫގައި އަލަށް އިމާރާތް ކޮށްފައިވާ ސްކޫލު ކައިރީގައި މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން ބާއްވާފައި އޮތް ބޮޑު ކަރަންޓު ކޭބަލެއް ބުރިކޮށްލި މައްސަލާއެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އެކަމުގެ ރިޕޯޓް ލިބިފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ 11:00 ހާއިރު ކަމަށެވެ. ފުލުހުންގެ ތަހުގީގަށް ލިބުނު މައުލޫމާތާއި ގުޅިގެން ހައްޔަރު ކޮށްފައި ވަނީ 34 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ފިރިހެނަކުގެ އިތުރުން 42 އަހަރުގެ ފިރިހެނަކުއެވެ.

ކޯޓު އަމުރުގެ ދަށުން ތިން މީހުން ހައްޔަރުކޮށް އެ ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނަވާރަސަތޭކަ ނުވަ ދިހަ ފަސް ވަނަ އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ސާފުފެން ފޯރުކޮށްދިނުމުގެ މަގުސަދުގައި އުފެއްދި އެ ކުންފުނިން ދަނީ ރާއްޖޭގެ އާބާދީގެ 50 ޕަސެންޓް މީހުންނަށް ފެން ފޯރުކޮށްދެމުންނެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޑަބްލިއުއެސްސީން ފެނާއި ނަރުދަމާ ނިޒާމުގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސް އެ ކުންފުނިން ވަނީ ފެނުގެ ދާއިރާގައި ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ.

- ކޮމެންޓް
22 މެއި 2019 | ބުދަ 06:12
ޙަތަރެއް
ޙެޑްލައިން ލިޔެފައި އޮތް އަދަދަކާ ލިޔުމުގައި އޮތް އެއްޗަކާ ދިމަލެއްނުވޭ
21 މެއި 2019 | އަންގާރަ 23:50
ޝާހިދާ
ކ ކާށިދޫ ރައްޔިތުންމިހާރުވެސ ތިބީ ބޯފެނައް ޖެހިފަރަށުގެބިމުންނަގާފެންކަމުނުދޭއެއްވެސްބޭނުމެއްކުރާކަެް ބޮނބިފާކުރާތަންތަނުންދުވާވަސްފެނުގަ ހުންނަނީ ތިޔަ އެމްޑަބުލިޔުއެސްސީއައްކުރެވުނީކޮންކަމެއް އެމީހުންނައްކުރަންއެނގޭނެކަމަކީބުނާއަދަދައްރުފިޔާނުދޭ މުވައްޒަފުން ކަނޑާބޭރުކުރުން