ކ. މާލެ
|
12 މެއި 2019 | އާދީއްތަ 15:24
ބްރޮޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ސޮފްވާން (ވ)
ބްރޮޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ސޮފްވާން (ވ)
ރާއްޖެ އެމްވީ
އިސްމާއިލް ސޮފްވާން
ބްރޯޑްކޮމްގެ ނައިބު ރައީސް ސޮފްވާން، ވަޒީފާގެ މަސްއޫލިއްޔަތު އަދާނުކުރައްވާ މުސާރަ ނަންގަވާތާ 6 މަސް!
ކޮންމެ މަހަކު މުސާރަ ނަންގަވާ
ސޮފްވާންގެ މައްސަލަ ބަލައިދިނުމަށް އެދި ރައީސް އޮފީހަށާއި، މަޖިލީހަށް ވަނީ ހުށަހަޅާފައި
އެކަށީގެންވާ ސަބަބެއް ނެތި ވިދިވިދިގެން ތިން ޖަލްސާއަށް ހާޒިރުނުވެއްޖެ ނަމަ، މަޤާމުން ވަކިކުރެވޭނެ

ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ސޮފްވާން ވަޒީފާގެ މަސްއޫލިއްޔަތު އަދާނުކުރައްވާ މުސާރަ ނަންގަވާތާ ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. 

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވި ބްރޮޑްކާސްޓިން ކޮމިޝަންގެ އިސް ބޭފުޅަކު ވިދާޅުވީ ނިމުނު ރިޔާސީ އިންތިހާބު ނަތީޖާ އަށް ފަހު، ސޮފްވާން ވަޒީފާއަށް ނުނިކުންނަވާ ކަމަށެވެ. އަދި އޭގެ ފަހުން ސޮފްވާން ވަޒީފާއަށް ނިކުންނެވީ ދެތިން ދުވަހު ކަމަށެވެ. އިންތިހާބު ނަތީޖާ އަށް ފަހު ސޮފްވާން ޗުއްޓީއެއް ވެސް ނަންގަވާފަކަން ރާއްޖެއެމްވީއަށް އެނގިފައި ވެއެވެ. 

ނަން ހާމަނުކުރުމަށް އެދި، ރާއްޖެއެމްވީއަށް މައުލޫމާތު ހިއްސާކުރި އެ ފަރާތުން ބުނީ ބްރޯޑްކާސްޓިން ކޮމިޝަންގެ އުސޫލުގައިވާ ގޮތުން، ސޮފްވާނަށް ވެސް މުސާރަ ލިބިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ވަޒީފާއަށް ނުނިކުންނެވި ނަމަވެސް މުސާރައިން ކެނޑޭނެ އުސޫލެއް ބްރޯޑްކާސްޓިން ކޮމިޝަންގައި ނޯންނަ ކަމަށާއި، އެކަމާ ގުޅިގެން މުސާރަ އެއްވެސް ވަރަކަށް އުނިނުކުރެވޭ ކަމަށް ވެސް އެ ފަރާތުން ބުންޏެވެ. ކޮމިޝަންގެ މެންބަރެއްގެ މުސާރައަށް 40،000 ވަރަކަށް ހާސް ރުފިޔާ ލިބެއެވެ. 

"އެންމެ ފަހުން އަޅުގަނޑު ހަނދާންވާ ގޮތުގައި ޖެނުވަރީ މަހުގެ ތެރޭގައި 1 ދުވަހު ނިކުންނެވި،"  

ވަޒީފާއަށް ނުނިކުންނަވާ ސަބަބެއް ސޮފްވާން ބްރޯޑްކާސްޓިން ކޮމިޝަނަށް އަންގަވާފައި ނުވާ އިރު ގިނަ ދުވަސްތަކުގައި ހުންނަވަނީ ސަލާމްގައިކަން ރާއްޖެއެމްވީ އަށް ވަނީ އެނގިފައެވެ. 

ސޮފްވާން ވަޒީފާއަށް ނުނިކުންނަވާތީ ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އެކަމުގައި ފިޔަވަޅެއް އަޅައިދިނުމަށް އެދި ރައީސް އޮފީހަށާއި، ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފައެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ދިން ފަރާތުން ބުނީ ފިޔަވަޅު އެޅުމަކީ އެ ކޮމިޝަނުން ކުރާ ކަމަކަށް ނުވާތީ އެކަމުގައި ފިޔަވަޅު އެޅޭނެ ކަމަށް ޤާނޫނުނުގައި ބުނާ ބާރު ލިބިފައިވާ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށެވެ. 

ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ 5 ވަނަ ނަމްބަރުގައި ބުނެފައިވާ ގޮތުގައި އެކަށީގެންވާ ސަބަބެއް ނެތި ވިދިވިދިގެން ކޮމިޝަންގެ ތިން ޖަލްސާއަށް ހާޒިރު ނުވެއްޖެ ނަމަ، އެ މެމްބަރަކު މަޤާމުން ވަކިކުރެވޭނެ އެވެ. ރާއްޖެއެމްވީއަށް މައުލޫމާތުދިން ފަރާތުން ވިދާޅުވީ، ރައީސް އޮފީހަށާއި، މަޖިލީހަށް ފޮނުވި ސިޓީގައި ޤާނޫނީ މާއްދާތައް ވެސް ފާހަގަކޮޮށްފައިވާނެ ކަމަށެވެ. 

އެކަމުގައި ސޮފްވާންގެ ކޮމެންޓެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތްް ނުވެފައެވެ. ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ސޮފްވާން މިވަގުތު ހުންނެވީ މެލޭޝިޔާގައެވެ. 

ސޮފްވާން، ވަޒީފާއަށް ނުނިކުންނަވާ މުސާރަ ނަންގަވަމުންގެންދަވާއިރު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ޙަސަން ލުތުފީ ވަޒީފާއަށް ނުނިކުންނަވާ މުސާރަ ނަންގަވަމުން ގެންދަވާތާ ވެސް ތިން މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. 

- ކޮމެންޓް
13 މެއި 2019 | ހޯމަ 09:06
ޒިން
ކޮމިޝަނޔގެ އުސޫލަކު ނޫން ސީދާ ޤާނޫނުގަ މުސާރަ އުނި ނުކުރެވޭ ވާހަކަ އޮންނަނީ. މޮޅީނު ތިޔަ ޤާނޫނުތައް