Advertisement
ކ. މާލެ
|
10 އޭޕްރިލް 2019 | ބުދަ 07:51
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރ މުހައްމަދު އަސްލަމް
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރ މުހައްމަދު އަސްލަމް
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް 2019
އެމްޑީޕީން ނިންމައިފިނަމަ މަޖިލީހުގެ ރައީސް ކަމަށް އަންނަން ތައްޔާރު: އަސްލަމް
މަޖިލީހުގެ ރައީސް ކަމަށް ގެންނަން އަސްލަމް އަކީ ޤާބިލް ބޭފުޅެއް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައި
އެމްޑީޕީން ވަނީ 65 ގޮނޑި ނަގައި މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދާފައި

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އެމްޑީޕީން ޚިޔާރުކޮށްފިނަމަ، އެކަމަށް ތައްޔާރަށް ހުންނެވި ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އެމްޑީޕީއަށް ލިބި، މަޖިލީހުގެ ރައީސްއަކަށް ވާނީ، އެމްޑީޕީގެ ކޮން މެމްބަރެއްތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި, އަސްލަމް އަކީ މަޖިލީހުގެ ރައީސް ކަމަށް ގެންނަން ޤާބިލް ބޭފުޅެއް ކަމަށް ވިދާޅުވެ އެފަދަ އިޝާރާތެއް ވަނީ ކުރައްވާފައެވެ.

މަޖިލިސްގެ ރައީސް ކަމަށް ވަޑައިގެންފާނެތޯ ރާއްޖެ އެމްވީން ސުވާލު ކުރުމުން އަސްލަމް ވިދާޅުވީ ޕާޓީއިން އޭނާ އަކީ އެފަދަ ޤާބިލް ބޭފުޅެއް ކަމަށް ނިންމައިފިކަމުގައި ވާނަމަ، އެކަމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.އަސްލަމް ވިދާޅުވީ މަޖިލިސްގެ ރައީސްއެއްގެ މަޤާމް އައްޑޫ ސިޓީ ދާއިރާއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރަކަށް ލިބިގެން ދިއުމަކީ، އެ ސިޓީގެ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި އެއީ އައްޑޫ ސިޓީ ރައްޔިތުން އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެޕްރީލް މަހުގެ ހަވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ 65 ގޮނޑި ކާމިޔާބުކޮށް އެމްޑީޕީ ވަނީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދާފައެވެ. މިއީ މިހާތަނަށް ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އެއް ޕާޓީއަކަށް އެންމެ ގިނަ ގޮނޑި ލިބުނު ފުރަތަމަ ފަހަރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް