Advertisement
ކ. މާލެ
|
9 އޭޕްރިލް 2019 | އަންގާރަ 12:51
މަޖިލިސް އިންތިޚާބުގެ ތެރެއިން
މަޖިލިސް އިންތިޚާބުގެ ތެރެއިން
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް 2019
ކެންދޫ ދާއިރާގެ ވޯޓު ފޮއްޓެއް ބާތިލްކުރަން އެދިއްޖެ
ވަގުތީ ނަތީޖާ ދައްކާގޮތުން އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އަލީ ހުސައިން

ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ބ. ކެންދޫ ދާއިރާގައި ބެހެއްޓި ވޯޓު ފޮއްޓެއް ބާތިލް ކުރުމަށް އެމްޑީޕީއިން ހުށައަޅައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކެންދޫ ދާއިރާގައި ބެހެއްޓި ވޯޓު ފޮށީގެ ތެރެއިން ކެންދޫ ސްކޫލުގައި ބެހެއްޓި އެ ފޮށި ބާތިލް ކުރަން އިލެކްޝަންސް ކަމިޝަނަށް އެމްޑީޕީއިން ހުށައެޅީ އެ ފޮއްޓަށް ވޯޓުލީ މީހުންގެ އަދަދުތައް ދިމާނުވާ ކަމަށް ބުނެއެވެ.  އެ ވޯޓު ފޮށި ބާތިލުކޮށް އަލުން އެ ފޮއްޓަށް ވޯޓުލުން ކުރިއަށް ގެންގޮސްދިނުމަށް  އެޕާޓީއިން އީސީގައި ވަނީ އެދިފައެވެ. 

ކެންދޫ ދާއިރާގެ ވަގުތީ ނަތީޖާ ދައްކާގޮތުން ކުރީގައި އުޅުއްވަނީ މިހާރު ވެސް އެ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަލީ ހުސައިންއެވެ. އަލީ ހުސައިންގެ އިތުރުން  އެދާއިރާއަށް ކުރިމަތިލައްވާފައި ވަނީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި އަހުމަދު ލަތީފާއި އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ރިޒާއެވެ. 

ކެންދޫ ސްކޫލުގައި ބެހެއްޓި އެ ފޮށީގެ ވަގުތީ ނަތީޖާއަށް ބަލާއިރު  އަލީ ހުސެއިނަށް 286 ވޯޓު، އަހުމަދު ލަތީފަށް 66 ވޯޓު އަދި އަހުމަދު ރިޒާއަށް 141 ވޯޓު ލިބިފައިވެއެވެ. 

ކެންދޫ ދާއިރާގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އަލީ ހުސައިނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
9 އޭޕްރިލް 2019 | އަންގާރަ 09:04
ވަގު
ވަގުންގެ ފޮށި ބާރަށް ބަންނާނެ އަދި ތި ބައިގަނޑަށް އަބަދުވެސް ހީވާނެ މަކަރެއް އޮތް ހެން އެއީ މަކަރު ހަދާ ހަދާ ގޮސް އެކަމަށް ހޭބަލިވެފަ ތިބީމަ ވާނީ އެހެން