Advertisement
ކ. މާލެ
|
7 އޭޕްރިލް 2019 | އާދީއްތަ 22:59
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް
އިސްމާއިލް ނާއިލް ނަޝީދު
ރައްޔިތުންގެ މަޖިލިސް އިންތިހާބު 2019
ޖޭޕީއަށް ނާކާމިޔާބުވީ ދިވެހި ސިޔާސީ މަޝްރަހު ނޭނގުމުން: އަސްލަމް
ޖޭޕީގެ ލީޑަރޝިފަށް އެޅުނީ ވަރަށް ބޮޑު ސިޔާސީ ޅައެއްޗެއް ކަމަށް އަސްލަމް ވިދާޅުވި
އަބަދުވެސް ޖެޕީއަށް ވިސްނިފައި އޮތީ އެޕާޓީގެ ލީޑަރޝިފަކީ "ކިންގް މެކާރސް" ކަމަށް

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޖުމްހޫރީ ޕާޓީއަށް ނާކާމިޔާބީއާ ކުރިމަތިވީ އެ ޕާޓީގެ ލީޑަރޝިޕަށް ދިވެހި ސިޔާސީ މަޝްރަހު ނޭންގުމުން ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން ގެނެސްދޭ އިންތިހާބުގެ ޚާއްސަކަވަރޭޖްގައި ވާހަަކ ދައްކަވަމުން އަސްލަމް ވިދާޅުވީ އެމްޑީޕީން ބޮޑު އަގްލަބިއްޔަތަކުން މަޖިލިސް އިންތިޙާބު ކާމިޔާބު ކުރުއިރު، ޖޭޕީ އަށް ނާކާމިޔާބީއާ ކުރިމަތިވީ ޖޭޕީގެ ލީޑަރޝިޕަށް ދިވެހިންގެ ސިޔާސީ ފިކުރާއި ދިވެހިންގެ ވިސްނުންތެރިކަން ހުރި މިންވަރު އެނގިވަޑާއިނުގަތުމުން ކަމަށެވެ. އަދި ޖޭޕީގެ ލީޑަރޝިފަށް އެޅުއްވުނީ ވަރަށް ބޮޑު "ސިޔާސީ ޅައެއްޗެއް" ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ނޫނެކޭ ބުނީ ކީއްވެގެން ކަމާއި ބޮޑު އަގްލަބިއްޔަތަކުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމަށް އައުމަށް ދިވެހިން އާއެކޭ ބުނީ ކީއްވެގެންކަން ޖޭޕީގެ ލީޑަރޝިޕަށް އޮޅިވަޑައިގަތީ ކަމަށެވެ.

"ހުރިހާ ދިވެހިން އެއްވެ ރިޔާސީ އިންތިޚާބަށް ނުކުމެ އެކުރި މަސައްކަތުން އެނަތީޖާއެ ނެރުނީ ހަގީގަތުގައިވެސް ރައީސް ޔާމީން ވެރިކަން ކުރި ގޮތް ކަމުނުގޮސްގެން. ހަގީގަތުގަވެސް ވައްކަމާއި ފަސާދައާއި އަނިޔާވެރިކަން ހައްދުފަހަނައަޅާދިޔައީމަ. ދިވެހިންނަކީ އެއްވެސް އިރެއްގައި އެކަހަލަ ކަންކަމަށް ލޯބިކުރާ ބައެއް ނޫން،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އަބަދުވެސް ޖެޕީއަށް ވިސްނިފައި އޮތީ އެ ޕާޓީގެ ލީޑަރޝިފަކީ "ކިންގް މެކާރސް"ގެ ގޮތުގައި ކަމަށެވެ.

"ޚާއްސަކޮށް ޖޭޕީގެ ލީޑާޝިޕަށް ރައީސް ޔާމީންގެ ސަރުކަރުގައި ބޮޑެތި އަނިޔާތަކެއް ލިބިފައި ވަނިކޮށް ހަމައެކަނި ސިޔާސި ގޮތުން ޖޭޕީން ވަކި ގޮތަކަށް ތިބެއްޖިއްޔާ ދވެހިން އެގޮތަކަށް އެނބުރޭނޭ. އަބަދުވެސް ވެރިކަމަށް ބަޔަކު ގެނެސް ވެރިކަމުން ބަޔަކު ދުރުކުރުމުގައި އިންސްޓްރުމެންޓަލް ބަޔަކަށް ވަނީ ތިމަންނަމެންނޭ އެވިސްނުމުގައި ޖޭޕީ އަބަދުވެސް ތިބީ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ދިވެހިންގެ ވިސްނުންތެރިކަމާއި ދޭތެރޭގައި ޖޭޕީ މާބޮޑަށް އިހުމާލް ވެވުނީ ކަމަށާއި މިވަގުތަކީ އެ ބޭފުޅުން އިށީންދެވަޑައިގެން އެކަމާ ދޭތެރޭގައި ރަނގަޅަށް ވިސްނަވަންޖެހޭ ވަގުތު ކަމަށެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
8 އޭޕްރިލް 2019 | ހޯމަ 00:30
Izumiya
Shareef vote olhuvaa lee eves security feature eh nethi black &white in vote karudhaas cheap koh bayaku hadhaane eche hadhan dhi neema vaane ehen