Advertisement
ކ. މާލެ
|
7 އޭޕްރިލް 2019 | އާދީއްތަ 15:57
ރައީސުލްޖުމުހުރިއްޔާ އިބްރާހީމް މުހަމަދު ސޯލިހާއި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން
ރައީސުލްޖުމުހުރިއްޔާ އިބްރާހީމް މުހަމަދު ސޯލިހާއި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން
ރައީސް އޮފީސް
ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް
މަސައްކަތް ކުރަނީ ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތެއް ފޯރުކޮށްދިނުމަށް: ހެލްތު މިނިސްޓްރީ
ސިއްހީ ދާއިރާއިން ފުރަތަމަ 100 ދުވަހަށް ކަނޑައެޅި ކަންކަމުގެ ތެރެއިން 93 އިންސައްތަ ހާސިލު ވެފައި

ރާއްޖެއިން މަސައްކަތް ކުރަނީ ކޮންމެ ރައްޔިތަކަށް ވެސް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ކަށަވަރު ކޮށްދިނުމަށް ކަމަށް މިއަދު ފާހަގަކުރާ ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން  މިނިސްޓްރީ އޮފް ހެލްތުން ކުރައްވަފައިވާ ޓްވީޓެއްގައި ބުނެފިއެވެ.

އާދިއްތަ ދުވަހު ހެލްތުމިނިސްޓރީން ކުރައްވާފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެމީހަކު ދިރިއުޅޭ ތަނުގެ ގޮތުން ނުވަތަ މާލީ ހާލަތުގެ ސަބަބުން ތަފާތުކުރުމެއް ނެތި، ޑަބްލިޔު.އެޗު.އޯ އިން ކަނޑައަޅާފައިވާ މިންގަނޑަށް ހަމަހަމަކަމާ އެކު ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

 

ހެލްތު މިނިސްޓްރީން މިހެން ބުނެފައިވާއިރު ރައީސުލް ޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ސިއްހީ ދާއިރާގެ ކުރިއެރުމަށް ގިނަ ކަންތައްތަކެއް ކުރުމަށް ވައުދު ވެފައެވެ.

އޭގެ ތެރެއިން ސަރުކާރުގެ ފުރަތަމަ 100 ދުވަހަށް ކަނޑައެޅި ކަންކަމުގެ ތެރެއިން 93 އިންސައްތަ މިހާރު ހާސިލްކުރެވިފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.

ސިއްހީ ދާއިރާއިން ކުރުމަށް ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި ސިއްހަތަށް ރަގަޅު ނޫން ބާވަތްތަކާ ދުރުވުމަށް އާންމުން ހޭލުންތެރިކުރުމަށް ކުރާ ހޭދަ އިތުރުކުރުމާއި، ތެލެސީމިޔާ ކުދިންނަށް ބޭނުންވާ ބޭހާއި އެހެނިހެން ފަރުވާތައް ފަސޭހަކަމާއެކު އެކުއްޖަކު ދިރިއުޅޭ ސަރަހައްދަކުން ލިބޭނެ ގޮތް ހަމަޖެއްސުމާއި، ސިއްހީ ޚިދުމަތް ދޭ ސަރުކާރުގެ ހުރިހާ ތަނެއް އެއްވިއުގައަކުން ގުޅާލުމާއި، ދިވެހި ބޭސްވެރިކަން ކުރިއަރުވަން މަހާސިންތާއެއް ބޭއްވުން ހިމެނެއެވެ.

އަދި ނެޝަނަލް މެންޓަލް ހެލްތު އިސްޓިޓިއުޓެއް އުފައްދައި، ނަފުސާނީ ބަލިތަކަށް ދެވޭ ފަރުވާ އާސަންދައިގެ ދަށުން ލިބޭނެ ގޮތް ހަމަޖެއްސުމާއި، އައިޖީއެމްއެޗުގައި ޚިދުމަތަށް ކުރިމަތި ލުމަށް ކިޔޫއަށް ލުޔެއް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމާއި، އާންމު ސަރަހައްދުތަކުގައި ކަސްރަތުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ.

ސަތޭކަ ދުވަހުގެ ތޭރޭގައި ސިއްޙީ ދާއިރާއިން ހާސިލު ކުރުމަށް ކަނޑައެޅި ކަންކަމުގެ ތެރެއިން މިހާރު ފުރިހަމަނުކުރެވި ވަނީ އަތޮޅުތަކުގެ ސިއްހީ ނިޒާމުގެ ތެރެއިން މިވަގުތަށް އެންމެ އިސްކަން ދޭންޖެހޭ އިމަޖެންސީ ކެއާ އަދި އެމްބިއުލޭޓަރީ ޚިދުމަތުގެ މަސައްކަތް ރައްޔިތުންނާ ގާތުން ދެވޭނެ އިންތިޒާމެއް ގާއިމްކޮށް، ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކުރުމެވެ.

ދުނިޔޭގެ ސިއްހަތު ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
7 އޭޕްރިލް 2019 | އާދީއްތަ 12:21
ihaaru.
ރާއްޖޭގްއި ހުރި އެންމެ އިންކޮންޕިޓެންޓް ހެލްޓު މިނިސްޓަރ