Advertisement
ކ. މާލެ
|
7 އޭޕްރިލް 2019 | އާދީއްތަ 14:50
18 ވަނަ ރައްޔިތުންގެ މަޖިލިސް
18 ވަނަ ރައްޔިތުންގެ މަޖިލިސް
ގޫގުލް
ރައްޔިތުންގެ މަޖިލިސް 2019
އާ މަޖިލީސް ހުވާ ކުރާނީ މެއި 28 ގައި
މިފަހަރުގެ މަޖިލީހުގައި ތިއްބަވާނީ 87 މެމްބަރުން

ނަވާރަވަނަ ރައްޔިތުންގެ މަޖިލީސް ހުވާ ކުރާނީ އަންނަ މެއި މަހުގެ 28 ގައި ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ. 

މަޖިލިސް އިންތިޚާބުގައި މެމްބަރުން ހޮވުމަށް ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި 87 ދާއިރާއަކަށް މެމްބަރުން ވަނީ ހޮވާފައެވެ. 

އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ 85 މެމްބަރުން ވެސް ހުވާ ކުރައްވާފައި ވަނީ 2014 ވަނަ އަހަރުގެ މެއި މަހުގެ 28 ގައެވެ. 

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 81 ވަނަ މާއްދާގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް އިންތިޚާބުވާ މީހަކު އެ މަޖިލީހުގެ މެންބަރު ކަމުގެ މަޤާމް ފުރަން ފެށުމުގެ ކުރިން އުއްތަމަ ފަނޑިޔާރުގެ ކުރިމަތީގައި ނުވަތަ އުއްތަމަ ފަނޑިޔާރު ކަނޑައަޅާ ފަނޑިޔާރެއްގެ ކުރިމަތީގައި ޤާނޫނުއަސާސީގެ ޖަދުވަލު 1 ގައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހުވައި ކޮށް އެ ހުވައިގެ އިޤްރިރާރުގައި ސޮއިކުރައްވާނެ ކަމުގައެވެ.

އަދި ޤާނުނު އަސާސީގެ 79 ވަނަ މާއްދާގެ (ހ) ގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޢުމުރަކީ، މަޖިލިސް އިންތިޚާބު ކުރުމަށްފަހު ފުރަތަމަ ޖަލްސާ ކުރާ ތާރީހުން ފެށިގެން ފަސް އަހަރު ދުވަސް ކަމުގައެވެ. އަދި އެމުއްދަތު ހަމަވުމުން މަޖިލިސް އުވުނީ ކަމުގައެވެ. އުމުރު ހަމަވެގެން މަޖިލިސް އުވުމާއެކު އަލަށް އިންތިޚާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ވާނެ ކަމުގައެވެ.

ޤާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ހ) ގައިވަނީ ޢާންމު އިންތިޚާބަށް ފަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މެމަޖިލީހުގެ ރައީސަކާއި ނައިބު ރައީސެއް، އެ މަޖިލީހުގެ ސިއްރު ވޯޓަކުން އިންތިޚާބު ކުރަން ވާނެ ކަމުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 208 ވަނަ މާއްދާގެ (ހ) ގައި ވަނީ މަޖިލީހުގެ މެންބަރުކަމަށް އިންތިޚާބުވާ މެންބަރުން ޤާނޫނު އަސާސީގެ 81 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކުރަންޖެހޭ މަޖިލީހުގެ މެންބަރު ކަމުގެ ޤާނޫނީ ހުވައި ކުރުމުގެ އިންތިޒާމް މަޖިލީހުގެ ރައީސް ހަމަޖައްސަވަން ވާނެ ކަމުގައެވެ.

ހޮނިހިރު ދުވަހު މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވަނީ 60 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް