Advertisement
ކ. މާލެ
|
7 އޭޕްރިލް 2019 | އާދީއްތަ 13:21
ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް
ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް
ޓްވިޓަރ
ރައީސް މައުމޫނު
ގައުމަށް ފައިދާ ހުރި ކޮންމެ ކަމަކަށް ތާއިދު ކުރާނަން: މައުމޫން
މައުމޫނުގެ ތާއިދާއި އެކު 20 ކެނޑިޑޭޓުން މަޖިލީހަށް ކުރިމަތިލި ކާމިޔާބު ކުރެވުނީ އެންމެ ގޮނޑިއެއް

ރައްޔިތުންނަށާއި ގައުމަށް ފައިދާ ހުރި ކޮންމެ ކަމަކަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން އަބަދުވެސް ތާއިދު ކުރާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިހެން ވިދާޅުވެފައި މިވަނީ ކުރިއަށް އޮތް  19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ހޮނިހިރު ދުވަހު ކުރިއަށް ގެންގޮސްފައިވާއިރު އެވޯޓުން އެމްޑީޕީ ހޯދާފައިވާ ކާމިޔާބާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ވިދާޅުވެ އާދިއްތަ ދުވަހު ކުރައްވާފާއިވާ ޓްއީޓެއްގައެވެ.

މައުމޫނުގެ ތާއިދާއެކު 20 ކެނޑިޑޭޓުން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްފައިވާއިރު، އެ ބޭފުޅުންގެ ތެރެއިން އިންތިޚާބު ކާމިޔާބުކުރެއްވީ ނިލަންދޫ ދާއިރާއަށް ވާދަކުރެއްވި އަބްދުލް މުހްސިން ހަމީދު (ޖޭފޯ) އެވެ.

ހޮނިހިރު ދުވަހު ބޭއްވި މަޖިލިސް އިންތިޚާބުގައި މިހާތަނަށް ސާފުކުރެވުނު ނަތީޖާއިން ދައްކާ ގޮތުގައި އެމްޑީޕީން ވަނީ 60 އަށް ވުރެ ގިނަ ގޮނޑިއާއެކު މަޖިލީހުގެ މެޖޯރިޓީ ނަގައިފަ އެވެ. 

ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުންވެސް އެމްޑިޕީއަށް ކާމިޔާބު ކުވިފައިވަނީ 26 ގޮނޑިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް