Advertisement
ކ. މާލެ
|
7 އޭޕްރިލް 2019 | އާދީއްތަ 09:31
ނަފްސާނީ ބައްޔަކަށް ފަރުވާ ދެނީ
ނަފްސާނީ ބައްޔަކަށް ފަރުވާ ދެނީ
މުހައްމަދު ޝަރުހާން
ނަފްސާނީ ބަލި
ނަފްސާނީ ބަލިތަކައް ޚާއްސަ ފަރުވާ ދޭ ތަނެއް ރާއްޖޭގައި ހުޅުވަނީ
ޕޯލާ، ޑީޕްރެޝަން ފަދަ ބަލިތަކަށް ރަގަޅީ ބޭސް ބޭނުން ކުރުން
ޑިޕްރެޝަން ސްޓްރެސް އެންޒައިޓީ ފަދަ ބަލިތަކަށް އެންމެ ރަނގަޅީ ތެރެޕީ

"ތިބާ ސައިކޮލޮޖީ"ގެ ނަމުގައި ނަފްސާނީ ބަލިތަކަށް ޚާއްސަ ތަނެއް ރާއްޖޭގައި ހުޅުވާގޮތަށް ނިންމައިފިއެވެ.

 

ނަފްސާނީ ދުޅަހެޔޮކަން (މެންޓަލް ހެލްތު ސާރވިސް) އަށް ޚާއްސަކޮށްގެން މިފަދަ ތަނެއް  ހުޅުވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ގިނަ އަދަދަކަށް ނަފްސާނީ ބަލި މަޑުކަން ތަހައްމަލް ކުރަމުންދާ އެކި އުމުރު ފުރާގެ މީހުންނާއި ކުދިން އުޅެމުންދާ ގައުމަކަށް ވާތީ އެފަދަ ފަރާތްތަކަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް އެކަށީގެންވާ އަގެއްގައި ފޯރުކޮށްދީ މި ޚިދުމަތް ރާއްޖޭގައި ފުޅާ ކުރުން ކަމަށް ތިބާ ސައިކޮލޮޖީން މައުލޫމާތު ދެއެވެ.

 

ތިބާ ސައިކޮލޮޖީގެ ސައިކޮލޮޖިސްޓް ނަދާ ޝަރީފް ވިދާޅުވީ ނަފްސާނީ ދުޅަހެޔޮ ކަމަކީ ހުރިހާ ގޮތަކުން ވެސް މީހާ ދުޅަހެޔޮކޮން ހުރުމެވެ. އޭގެ ތޭރެގައި އިޖުތިމާއި ދުޅަހެޔޮކަމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ އިތުރުން ވެސް ފިޒިކަލީ ގޮތުން ވެސް ދުޅަހެޔޮކޮން ހުރުން ކަމަށެވެ. 

 

ނަދާ ވިދާޅުވީ ޕޯލާ، ޑީޕްރެޝަން، ސްކިޒްއޮފްރޭނިޔާ ފަދަ ނަފްސާނީ ބަލި ހުންނަ މީހުންނަށް އެންމެ ރަނގަޅީ ބޭސްބޭނުން ކުރުން ކަމަށާއި  ބޭހާއި އެއްވަރަށް ފިޒިޔޮތެރަޕީއަކީ ވެސް މުހިންމު އެއްޗަކަށް ވާއިރު ޑިޕްރެޝަނާއި. ސްޓްރެސް ވުމާއި، އެންޒައިޓީ ފަދަ ބަލިތަކަށް ތެރަޕީ އަކީ މުހިންމު އެއްޗެއް ކަމަށެވެ.  

 

ތިބާ ސައިކޮލޮޖީން ފޯރުކޮށްދޭ ޚިދުމަތްތަކަށް ބަލާއިރު ނަފްސާނީ ބައްޔާ ގުޅޭ ހުރިހާ ކަމެއް ހިމެނެއެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި ބޮޑަތި މީހުންނަށް ދެވޭ ފަރުވާޔާއި، ކައުންސިލިންނާއި، ސައިކޯ ތެރަޕީގެ ޚިދުމަތުގެ އިތުރުން ސައިކޮލޮޖިކަލް އެސެސްމެންޓް ހެދުމާއި، އޭ.ޑީ.އެޗް.ޑީ  ހުންނަ ކުދިންނަށް ދެވޭ ފަރުވާއާއި، ލާރނިން ޑިސްއެބިލިޓީ ހުންނަ ކުދިންނަށް ދެވޭ ފަރުވާގެ އިތުރުން އޯޓިޒަމް ހުންނަ ކުދިންނަށް ދެވޭ ފަރުވާ ފަދަ ގިނަ ޚިދުމަތްތަކެއް  ފޯރުކޮށްދެވިގެން ދާނެއެވެ.

 

ތިބާ ސައިކޮލޮޖީ ހުޅުވުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ މެދެއްހާ ހިސާބުގައި ކަމަށް ތިބާ ސައިކޮލޮޖީން މައުލޫމާތު ދެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
7 އޭޕްރިލް 2019 | އާދީއްތަ 05:49
nanq
hasadacerinnah faruvaadhey thaneh furathama gaaimukuranvee