އުތުރުކޮރެއާގެ ރައްޔިތަކު މަރާލުމުގައި މެލޭޝިއާއިން ޒިންމާވާން ޖެހޭނެ ކަމަށާއި އެ ގައުމުން މިހާރު މަސައްކަތް ކުރަނީ ހަށިގަނޑު އެ ގައުމާ ހަވާލުނުކޮށް އެކަން ސިޔާސީ ކުރަން ކަމަށް އުތުރުކޮރެއާއިން ބުނެފިއެވެ.
ނަމަވެސް އެގައުމުން ކިމް ޖޮންގ ނަމްގެ ނަމެއް ބުނެފައެއް ނުވެއެވެ. ނަމަވެސް މިއީ އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮންގ ނަމްގެ އެއްބަފާ ބޭބެ ކިންގް ޖޮމް ނަމް އަވަހާރަކޮށްލުމާ ގުޅިގެން އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ ކޭސީއެންއޭ އިން މިފަދަ ވާހަކައެއް ފެނުނު ފުރަތަމަ ފަހަރެވެ.
ކިމް ޖޮންގ ނަމް އަވަހާރަކޮށްލާފައިވަނީ ކުއާލަ ލަމްޕޫރުގެ އެއާޕޯޓްގައި އޭނާގެ ހަށިގަނޑަށް ވިހައެއް ލައިގެންނެވެ.
އޭނާގެ މަރުގެ މައްސަލައިގައި އުތުރުކޮރެއާގެ އެތައް ރައްޔިތުންނެއް ގެންދަނީ ހޯދަމުންނެވެ.
އޭގެ ތެރޭގައި ކުއާލަ ލަމްޕޫރުގައި ހުންނަ އުތުރު ކޮރެއާ އެމްބަސީގެ ސެކަންޑް ސެކްރެޓަރީއަކުވެސް ހިމެނެއެވެ. އޭގެ އިތުރުން އެ ގައުމުގެ ދައުލަތުގެ އެއާލައިން އެއާކޮރްއޯގެ މުވައްޒަފަކުވެސް ހިމެނެއެވެ.
އުތުރު ކޮރެއާއަށް ނިސްބަތްވާ އެކަކު މިހާރުވެސް ހައްޔަރުކޮށްފައިވާއިރު ތުހުމަތު ކުރެވޭ އިތުރު ހަތަރު މީހަކު މިހާރު މެލޭޝިއާ ދޫކޮށް ގޮސްފައިވާ ކަމަށް ވަނީ ބެލެވިފައެވެ. މެލޭޝިއާގެ ފުލުހުން ބުދަ ދުވަހު ވަނީ ކިމް އަވަހާރަކޮށްލާފައިވާ ގޮތުގެ ތަފްސީލް ހާމަ ކުރައްވާފައެވެ.