Advertisement
ކ. މާލެ
|
7 އޭޕްރިލް 2019 | އާދީއްތަ 00:48
ައަބްދުﷲ ޖާބިރު ޕީއެސްއެމް ބަހުސްގައި
ައަބްދުﷲ ޖާބިރު ޕީއެސްއެމް ބަހުސްގައި
ޕީއެސްއެމް
އަބްދުﷲ ޖާބިރު
ޕްރައިމަރީން ނާކާމިޔާބުވި ޖާބިރު ކާށިދޫ ދާއިރާގެ ގޮނޑިއަށް!
ވަގުތީ ނަތިއްޖާ ދައްކާ ގޮތުން ޖާބިރު އަށް ލިބިވަޑައިގެންނެވީ 651 ވޯޓް

އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތް ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައިފިއެވެ.

އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ޖާބިރު އެ ޕާޓީގެ ކާށިދޫ ދާއިރާގެ ޕްރައިރީގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވީ، އަބްދުﷲ ރިއްފަތާ ވާދަކުރައްވައި ބޮޑު ތަފާތަކުންނެވެ.

ޕްރައިމަރީން ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމުން ޖާބިރު ވަނީ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް ވާދަނުކުރެވޭ ގޮތަށް ގާނޫނުގައި އޮތް މާއްދާ ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ވަޑައިގެންފައެވެ. ސުޕްރީމް ކޯޓުން ވަނީ ޖާބިރާ އެއްކޮޅަށް މައްސަލަ ނިންމާފައެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސްޕެޝަލް އެންވޯއީގެ ގޮތުގައި ވެސް ހުންނެވި ޖާބިރު އިންތިހާބުގައި ކުރި ހޯއްދެވީ ޕްރައިމަރީގައި އޭނާގެ މައްޗަށް ކުރި ހޯއްދެވި އަބްދުﷲ ރިފާއަތުގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ. ވަގުތީ ނަތިއްޖާ ދައްކާ ގޮތުން ޖާބިރު އަށް ލިބިވަޑައިގެންނެވީ، 651 ވޯޓެވެ. އަދި ރިފްއަތަށް 628 ވޯޓެވެ.

ސޯޅަވަނަ ރައްޔިތުން މަޖިލީހުގައި ގއ. އަތޮޅު މެމްބަރުކަން ވެސް ކުރެއްވި ޖާބިރު ވަނީ 17 ވަނަ މަޖިލީހަށް އިންތިހާބުވެވަޑައިގެން ކާށިދޫ ދާއިރާގެ މެމްބަރުކަން ކުރައްވާފައެވެ. އެހެން ނަމަވެސް 18 ވަނަ މަޖިލީހަށް ކުރިމަތިލައްވާ ނާކާމިޔާބީޔާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ ރައްޔިތުން މަޖިލީހުގެ ކުރީގެ މެމްބަރު އަދި މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމްއާ ވާދަކުރައްވައެވެ. ކާށިދޫ ދާއިރާގެ އިންތިހާބު ޖާބިރު ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވޭ އިރު މެމްބަރަކަށް އިންތިހާބު ކޮށްދެއްވައިފި ނަމަ އެ ރަށަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ޕީއެސްއެމްގެ މަޖިލީސް ބަހުސްގައި ޖާބިރު ވަނީ ވިދާޅުވެފައެވެ.  

އެ ބަހުސްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ކާށިދޫއަކީ އެންމެ މަތީ ފެންވަރުގެ ސިޓީއަކަށް ހަދައި ކާށިދޫއާ ގާފަރު ގުޅުވާލާނެ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް