ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރި ދާއިރާތަކުގެ ތެރެއިން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ލިބުނު ކާމިޔާބީ ފާހަގަ ކުރަން ފަށައިފިއެވެ.
އެ ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރަމުންދަނީ ލޮނުޒިޔާރަތްކޮޅުގައި ހުންނަ އަޑިޕާކުގައެވެ.
މި ކާމިޔާބީ ފާހަގަ ކުރުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީއަށް ވަނީ 50 އަށް ވުރެ ގިނަ ގޮނޑި ލިބިފައެވެ. މި އަދަދު 60 އަށް އެރުން ވެސް އެކަށީގެން ވެއެވެ. މަޖިލީހުގެ އަޣުލަބިއްޔަތަކީ 44 މެމްބަރުންނެވެ.
މަޖިލީހުގެ އިންތިޚާބުގައި 87 ދާއިރާއަކަށް މެމްބަރުން މިފަހަރު ހޮވާނެއެވެ. މިފަހަރުގެ އިންތިޚާބުގައި ވާދަކޮށްފައިވަނީ 386 ކެންޑިޑޭޓުންނެވެ.