Advertisement
ކ. މާލެ
|
6 އޭޕްރިލް 2019 | ހޮނިހިރު 23:18
އެމްޑީޕީއިން ބޭއްވި ޖަލްސާއެއްގެ ތެރެއިން
އެމްޑީޕީއިން ބޭއްވި ޖަލްސާއެއްގެ ތެރެއިން
ޝުއައިބް މުހައްމަދު އިގްބާލް
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019
ތިން ސިޓީ އިން ވެސް އެމްޑީޕީ އަށް މެޖޯރިޓީ!
މާލޭގެ 14 ގޮނޑި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތިން ސިޓީ އިން ވެސް އެމްޑީޕީ އިން މެޖޯރިޓީ ހޯދައިފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މާލޭ ސިޓީގައި ހިމެނޭ ދާއިރާތަކުގައި ހިމެނޭ 15 ދާއިރާތަކުގެ ތެރެއިން 14 ގޮނޑި އެމްޑީޕީއަށް ވަނީ ލިބިފައެވެ. އެމްޑީޕީއަށް ކާމިޔާބު ނުކުރެވުނީ ވިލިމާލެ ދާއިރާގެ ގޮނޑިއެެވެ. އެ ގޮނޑި ކާމިޔާބު ކުރެއްވީ އަމިއްލަ ގޮތުން ވާދަކުރެއްވީ ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް ކެންޑިޑޭޓް އަހުމަދު އުޝާމެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީއަށް ވަނީ އައްޑޫ ސިޓީގެ ހަތް ގޮނޑި ވެސް ލިބިފައެވެ. އަދި ފުވައްމުލަކު ސިޓީގެ ތިން ދާއިރާ ވެސް ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީއަށް ވަނީ ލިބިފައެވެ. 

މާލޭ ސިޓީގައި ހިމެނޭ 15 ދާއިރާ ލިބިފައިވާ ކެންޑިޑޭޓުން:

  •  މައްޗަންގޮޅި މެދު: މުހައްމަދު ނަޝީދު (އެމްޑީޕީ)
  •  މައްޗަންގޮޅި އުތުރު ދާއިރާ: މުހައްމަދު ރަޝީދު (އެމްޑީޕީ) 
  •  ހުޅުމާލެ ދާއިރާ: އަލީ ނިޔާޒު (އެމްޑީޕީ) 
  •  މެދުހެންވޭރު ދާއިރާ: އަލީ އާޒިމް (އެމްޑީޕީ)
  •  ހެންވޭރު ދެކުނު ދާއިރާ: ހުސެން ޝަހީމް- އަދުން ހުސެއިން (އެމްޑީޕީ)
  •  ހެންވޭރު އުތުރު ދާއިރާ: އިބްރާހިމް މުއިއްޒު (އެމްޑީޕީ)
  •  ގަލޮޅު އުތުރު ދާއިރާ: އީވާ އަބްދުﷲ (އެމްޑީޕީ)
  •  ގަލޮޅު ދެކުނު ދާއިރާ: މީކާއީލް އަހުމަދު ނަސީމް (އެމްޑީޕީ)
  •  ހެންވޭރު ހުޅަނގު: ހަސަން ލަތީފް (އެމްޑީޕީ
  •  މައްޗަންގޮޅި ދެކުނު ދާއިރާ: އަހުމަދު ހައިތަމް (އެމްޑީޕީ)
  •  މާފަންނު އުތުރު ދާއިރާ: އިމްތިޔާޒު ފަހުމީ (އެމްޑީޕީ)
  •  މާފަންނު ހުޅަނގު ދާއިރާ: މުހައްމަދު ފަލާހު (އެމްޑީޕީ)
  •  މާފަންނު މެދު: އިބްރާހިމް ރަޝީދު-ބޮންޑާ (އެމްޑީޕީ)  
  •  މާފަންނު ދެކުނު ދާއިރާ: އާދަމް އަލީ (އެމްޑީޕީ)
  •  ވިލިމާލެ ދާއިރާ: އަހުމަދު އުޝާމް (އަމިއްލަ)

އައްޑޫ ސިޓީ:

  • ހުޅުދޫ ދާއިރާ: އިލްޔާސް ލަބީބު (އެމްޑީޕީ)
  • ފޭދޫ ދާއިރާ: މުހައްމަދު ނިހާދު (އެމްޑީޕީ) 
  •  މަރަދޫ ދާއިރާ: އިބްރާހިމް ޝަރީފް (އެމްޑީޕީ) 
  • ހިތަދޫ އުތުރު: މުހައްމަދު އަސްލަމް (އެމްޑީޕީ)
  • ހިތަދޫ މެދު: އަހުމަދު ރަޝީދު (އެމްޑީޕީ)
  •  ހިތަދޫ ދެކުނު: އިބްރާހިމް ނާޒިލް (އެމްޑީޕީ)
  • އައްޑޫ މީދޫ: ރޮޒައިނާ އާދަމް (އެމްޑީޕީ)

ފުވައްމުލަކު ސިޓީ:

  •  ފުވައްމުލަކު އުތުރު: މުހައްމަދު ރަޝީދު (އެމްޑީޕީ) 
  •  ފުވައްމުލަކު މެދު: ހުސެއިން މުހައްމަދު ދީދީ (އެމްޑީޕީ)
  •  ފުވައްމުލަކު ދެކުނު: މުހައްމަދު މުމްތާޒު (އެމްޑީޕީ)

ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީއަށް ވަނީ 50 އަށް ވުރެ ގިނަ ގޮނޑި ލިބިފައެވެ. މި އަދަދު 60 އަށް އެރުން ވެސް އެކަށީގެން ވެއެވެ. މަޖިލީހުގެ އަޣުލަބިއްޔަތަކީ 44 މެމްބަރުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް