Advertisement
ކ. މާލެ
|
6 އޭޕްރިލް 2019 | ހޮނިހިރު 17:58
މަޖިލިސް 2019 ގެ ވޯޓުލުން ކުރިއަށްދަނީ
މަޖިލިސް 2019 ގެ ވޯޓުލުން ކުރިއަށްދަނީ
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލިސް 2019
ވޯޓުލާ ވަގުތު ހަމަވާން 15 މިނެޓަށް ވީއިރު 75 އިންސައްތަ އަށް ވުރެ ގިނަ މީހުން ވޯޓުލައިފި
އޭގެ ތެރޭގައި ހިމެނެނީ 100673 ފިރިހެނުން
އަންހެނުންގެ އަދަދަކީ 99791

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ވޯޓުލާ ގަޑި ހަމަވާން 15 މިނެޓަށް ވެފައިވާއިރު، ވޯޓުލީ މީހުންގެ އަދަދު 75 އިންސައްތައަށް ވުރެ ގިނަ ވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. 

ހޮނިހިރު ދުވަހު އެ ކޮމިޝަނުން އާންމުކުރި ތަފާސް ހިސާބުތަކުގައި ވާގޮޮތުން، މި އިންތިހާބުގައި ވޯޓުލުމުގެ ހައްޤު 264442 މީހުންނަށް ލިބިފައިވާއިރު، އޭގެ ތެރެއިން 200464 މީހުން މިހާތަނަށް ވަނީ ވޯޓުލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 100673 ފިރިހެނުންނާއި، 99791 އަންހެނުން ކަމަށް ވެސް ތަފާސްހިސާބުތަކުގައި ބަޔާންކޮށްފައި ވެއެވެ. 

ވޯޓު ލުމުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް

މި އަދަދު އިތުރުވަމުންދާއިރު، އިންތިހާބުގެ ވޯޓުލުން ފަށާފައި ވަނީ ހޮނިހިރު ދުވަހު ހެނދުނު 08:00 ގައެވެ. އަދި ވޯޓްލުން ކުރިއަށް ދާނީ ހަވީރު 4:00 އަށް ކަމަށް ކުރިން ބުނެފައިވީ ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން ވަނީ ހޮނިހިރު ދުވަހުގެ 18:00އާ ހަމައަށް ވޯޓުލުމުގެ ވަގުތު އިތުރުކޮށްފައެވެ. 

އިންޑިއާ އަދި ސްރީލަންކާގައި ވޯޓްލުން ކުރިއަށްދާނީ އެ ގައުމުގެ ގަޑިން ހެނދުނު 08:30 އިން ހަވީރު 4:30 އަށެވެ. މެލޭޝިޔާގައި ވޯޓުލުން ކުރިއަށްދާނީ އެ ގައުމުގެ ގަޑިން 11:00 އިން ރޭގަނޑު 7:00އަށް އަދި އިނގިރޭސީ ވިލާތުގައި ވޯޓްލުން ކުރިއަށް ދާނީ އެގައުމުގެ ގަޑިން ހެނދުނު 9:30 އިން  ހަވީރު 5:30 އަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް