Advertisement
ކ. މާލެ
|
5 އޭޕްރިލް 2019 | ހުކުރު 11:41
ރައީސް ސޯލިހް މަހިބަދޫއަށް ވަޑައިގަތުން
ރައީސް ސޯލިހް މަހިބަދޫއަށް ވަޑައިގަތުން
ސިމާހާ ނަސީމް
ކެމްޕޭން ޖަލްސާ
މަހިބަދޫ ދާއިރާގެ ރައްޔިތުން އަދާލަތު ޕާޓީގެ ކެންޑިޑޭޓަށް ދޭ ވޯޓަކީ އެމްޑީޕީއަށާއި ސަރުކާރަށް ދޭ ވޯޓެއް: ރައީސް
ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ރައްޔިތުން ވަރަށް ވިސްނާފައި ވޯޓްލުމަށް ނަސޭހަތްތެރިވަން

އަދާލަތު ޕާޓީގެ ޓިކެޓްގައި ރައްޔިތުން މަޖިލީހުގެ އދ. މަހިބަދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އަލީ އާޒިމް އަށް އެ ދާއިރާއިން ދެވޭ ކޮންމެ ވޯޓަކީ އެމްޑީޕީއަށާއި ސަރުކާރަށް ދޭ ވޯޓެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އަލީ އާޒިމްގެ ކެމްޕޭން ޖަލްސާގައި ހުކުރު ދުވަހު އދ. މަހިބަދޫއަށް ވަޑައިގެން ރައީސް ވިދާޅުވީ އެންމެ ފުރަތަމަ ދުވަހު ވެސް އެމަނިކުފާނު މަސައްކަތްޕުޅު ފެއްޓެވީ ޤައުމު އިސްލާހުކޮށް ރައްޔިތުން ބޭނުންވާ ބަދަލު ގެނައުމަށް ކަމަށެވެ. އަދި އެ މަސައްކަތުގައި އެހެން ކޯލިޝަން ޕާޓީތައް ބައިވެރިވެފައިވާއިރު އެންމެ ފުރަތަމަ ދުވަހުން ފެށިގެން ސަރުކާރާއެކު އަދާލަތު ޕާޓީން ހުރި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ރައްޔިތުން ވަރަށް ވިސްނާފައި ވޯޓްލުމަށް ނަސޭހަތްތެރިވެ ރައީސް ސޯލިހް ވިދާޅުވީ ރައްޔިތުންގެ ނިންމުމަކީ ހަމައެކަނި އެމީހެއްގެ ނަފްސާ ގުޅިފައިވާ ނިންމުމެއް އެކަނި ނޫން ކަމަށެވެ.

ރަށްރަށުގައި އެންމެ އަސާސީ ހިދުމަތްތައް އެކަށީގެންވާ ވަރަށް ނުލިބޭ ކަމަށާއި އެ ހިދުމަތްތައް ރައްޔިތުންނަށް ދައުލަތުން ޝައްކެއް ނެތް ގޮތުގައި ފޯރުކޮށްދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ނަމަވެސް ކުރީގެ ސަރުކާރުން އެކަމުގެ ތެރެއަށް ކޮރަޕްޝަން ވައްދާ އެކަމަށް ހިޔާނަތްތެރިވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މަހިބަދޫގައި 12 ކްރާސްރޫމް އެޅުމުގެ މަސައްކަތާއި ބިން ހިއްކުމާއި ބޯހިޔާވަހިކަމުގެ މަޝްރުއާ ނުނިމި ހުރި މަގުތަކުގައި ގާއެޅުމާއި ކުނީގެ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. މީގެ އިތުރުން ހަންޏާމީދޫގެ ފެނާއި ނަރުދަމާގެ މަޝްރުއޫ ފެށި ބަނދަރު އަޕްގްރޭޓް ކުރަން މި އަހަރު ފެށިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ކުނބުރުދޫގައި ވެސް ފެނާއި ނަރުދަމާގެ މަޝްރުއާ ބިންހިއްކުމުގެ މަޝްރުއޫގެ އިތުރުން އެ ރަށުގެ ގިރާ ސަރަހައްދުގެ މައްސަލައަށް ވެސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.  

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް