Advertisement
ކ. މާލެ
|
4 އޭޕްރިލް 2019 | ބުރާސްފަތި 23:09
ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއިދު ހޯދުމަށް ބޭއްވި ހަރަކާތުގެ ތެރެއިން
ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއިދު ހޯދުމަށް ބޭއްވި ހަރަކާތުގެ ތެރެއިން
ރާއްޖެއެމްވީ
ސަލީމްގެ ކެމްޕޭން އިވެންޓް
ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި
ސަލީމަކީ ރައީސްގެ ތާއީދު ލިބިވަޑައިގެންފައިވާ ބޭފުޅެއް

އެމްޑީޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓް އަހުމަދު ސަލީމް (ސައްލެ) އަށް ހޯރަފުށީ ދާއިރާގެ ރައްޔިތުން ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝާތު ނަހުލާ އެދިވަޑައިގެންފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ މާފަންނު މަދަރުސާގައި އޮތް ސައްލެގެ ކެމްޕޭން އިވެންޓްގައި ވާހަކަ ދައްކަވަމުން ނަހުލާ ވިދާޅުވީ ސަލީމަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ތާއީދު ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށާއި ހޯރަފުށީ ދާއިރާގެ ހުރިހާ ރައްޔިތުން އަތުކުރި އޮޅާލައިގެން ސައްލެއަށް ވޯޓް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ސަލީމަށް ވޯޓް ދިނުމަށް ނަހުލާ ބުރާސްފަތި ދުވަހުގެ ރޭ އެދިވަޑައިގެންފައިވާއިރު މީގެ ކުރިން ވެސް ސަލީމަށް ވޯޓް ދިނުމަށް އަކަމަނާ ވަނީ އެދިވަޑައިގެންފައެވެ. ހޯރަފުށީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތަށް ހޯރަފުއްޓަށް ވަޑައިގެން އެކަމަނާ ވިދާޅުވީ ހޯރަފުށީ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ތާއިދު ކުރައްވަނީ ސަލީމަށް ކަމަށެވެ. އަދި ސައްލެއަކީ ހޯރަފުއްޓަށް ކުރިއެރުން ގެންނަވާނެ ގާބިލު ބޭފުޅެއް ކަމަށާއި އެކަމަނާގެ އެދުމަކީ ބޮޑު އަގުލަބިއްޔަތަކުން އެ ދާއިރާގެ މެމްބަރު ކަމަށް ސައްލެ އިންތިހާބު ކޮށްދިނުން ކަމަށް ވެސް އައިޝާ ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ކެމްޕޭން އިވެންޓްގައި ސައްލެއަށް ތާއިދުކުރާ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް