Advertisement
ކ. މާލެ
|
4 އޭޕްރިލް 2019 | ބުރާސްފަތި 19:22
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް
މުހައްމަދު ޝަރުހާން
އެމްޑީޕީގެ އެޖެންޑާ 19 ކެމްޕެއިން ހަރަކާތްތައް
ބ. އޭދަފުށީގެ ރައްޔިތުންނަށް ލަހެއް ނުވެ ގޯތިދޫކުރެވިގެންދާނެ: ރައީސް ސޯލިހް
ރާއްޖޭގެ ކަންކޮޅުތަކުގައި އެންމެ ބޮޑަށް ދަތިވެފައިވާ ކަމަކީ ބޯހިޔާވަހިކަމުގެ މައްސަލަ

ކޮންމެ ރަށެއްގައި ވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި ބ. އޭދަފުއްޓާއި ނ. ވެލިދޫއާ ޅ. ހިންނަވަރުގެ އިތުރުން ބައެއް އެހެން ރަށްރަށުގައި ލަހެއް ނުވެ ރައްޔިތުން ބޭނުންވާ ގޯތި ދޫކުރެވިގެންދާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ކެނދިކުޅުދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އަހްމަދު އީސަގެ ކެމްޕޭން ޖަލްސާގައި ނ. ހެނބަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގޯތި ގެދޮރުތައް ރަށްރަށުގައި ދޫކުރުމަށްޓަކައި ލޭންޑް ޔޫސް ޕްލޭން ހައްދަވާ ގެންނަވަންޖެހޭ ބަދަލުތައް ގެންނެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"ރާއްޖޭގެ ކަންކޮޅުތަކުގައި އެންމެ ބޮޑަށް ދަތިވެފައިވާ ކަމަކީ ބޯހިޔާވަހިކަމުގެ މައްސަލަ ގޯތި ގެދޮރުގެ މައްސަލަ އެމްޑީޕީގެ ކުރީގެ ވެރިކަމުގައި ގިނަ ރަށްތަކެއްގެ ބިން އަޅުގަނޑުމެންނަށް ހިއްކުނު. އެ ރަށްތަކުގައި އަދިވެސް އޮތީ ރައްޔިތުންނަށް އޭގެ ފައިދާ ލިބޭ ގޮތް ނުވެފައި. އަޅުގަނޑުމެން މި ގެންދަނީ އެ ރަށްތަކުގެ ލޭންޑް ޔޫސް ޕްލޭން ހަދައި ގެންނަންޖެހޭ ބަދަލުތައް ގެނެސް ރައްޔިތުންނަށް ގޯތި ދޫކުރުމުގެ މަސައްކަތް ފެށުމަށް. އެގޮތުން ބ. އޭދަފުއްޓާއި ނ. ވެލިދޫއާ ޅ. ހިންނަވަރާއި ބައެއް ރަށްތައް އެބަހުރި ހިއްކިފައި ހުރި، އެ ރަށްތަކުގެ ރައްޔިތުންނަށް ލަހެއް ނުވެ ގޯތި އިރާދުކުރެއްވިއްޔާ ލަހެއް ނުވެ އަޅުގަނޑުމެން ދޫކުރަން ފަށާނަން" ރައީސް ސޯލިހް ވިދާޅުވިއެވެ.  

ރާއްޖޭގެ ރަށްތަކުގެ ކުޑަމިން އަދި ބޮޑު މިނަށް ބެލުމަށް ނެތި ހުރިހާ ރަށެއްގެ ރައްޔިތުންނަށް ވެސް އެންމެ އަސާސީ ހިދުމަތްތައް ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ނަގާ ވޯޓްގައި އިސްލާހަށް މަސައްކަތް ކުރާ ފަރާތްތަކަށް ވޯޓް ދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. އަދި އެ ފަރާތްތަކަކީ އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
4 އޭޕްރިލް 2019 | ބުރާސްފަތި 15:01
އަހުމަދު
ހދ.ކުރިނބީ އިން ގޯތިލިބޭނެ ގޮތް ހަދާދީބަ