Advertisement
ކ. މާލެ
|
3 އޭޕްރިލް 2019 | ބުދަ 20:55
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް
މުހައްމަދު ޝަރުހާން
އިންތިހާބީ ޝަކުވާ
އިންތިހާބީ ޝަކުވާއާ ގުޅޭ 7 މައްސަލައިގެ ހުކުމް އިއްވުން މާދަމާ
ހުކުމް އިއްވުން އޮންނާނީ ބުރާސްފަތި ދުވަހު 1:15 ގައި

އާއްމު އިންތިޚާބާ ގުޅޭގޮތުން ހައިކޯޓަށް ހުށައަޅާފައިވާ އިންތިޚާބީ ޝަކުވާގެ ހަތް މައްސަލައިގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހަށް ތާވަލު ކޮށްފިއެވެ. 

އެކަމާ ގުޅޭގޮތުން ބުދަ ދުވަހު ހައި ކޯޓުން ބުނެފައި ވަނީ އާއްމު އިންތިޚާބާ ގުޅޭ ޝަކުވާގެ ހަތް މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ ކަމަށާއި، މި ހަތް މައްސަލައަކީ ވެސް ވޯޓުލާ މީހުންގެ ލިސްޓްގައި ނަން ނެތިގެން ހުށަހަޅާފައިވާ ހަތް މައްސަލަ ކަމަށެވެ. އެގޮތުން މި 7 މައްސަލައަކީ ވެސް ތިމަރަފުށީ ދާއިރާގެ ވޯޓާސް ލިސްޓުގައި ނަން ނެތް 7 ފަރާތެއްގެ މައްސަލައެވެ. 

އިންތިހާބީ ޝަކުވާގެ ގޮތުގައި ހުށައަޅާފައިމިވާ މައްސަލަތަކުގެ ޝަރީއަތް ހައި ކޯޓުގައި ކުރިއަށް ގެންގޮސް އެ ހުރިހާ މައްސަލަތަކެއްގެ އަޑުއެހުންތައް ނިންމާލާފައިވާއިރު، ބުރާސްފަތިި ދުވަހުގެ މެންދުރު 1:15 ގައި އެ މައްސަލަތަކުގެ ހުކުމް އިއްވުމުގެ އަޑުއެހުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 

އިންތިޚާބީ ޝަކުވާގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިދީފައި ވަނީ ދިވެހިރާއްޖޭގެ ހައިކޯޓަށެވެ. އިންތިޚާބީ ޝަކުވާގެ މައްސަލަތައް، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް ނުވަތަ، ސިޔާސީ ޕާޓީއަކަށް، އޮބްޒަރވަރަކަށް މޮނިޓަރ ކުރާ މީހަކަށް ނޫން ނަމަ އިންތިޚާބާ ބެހޭ ކަންކަން ހިންގައި ބަލަހައްޓާ މީހަކަށް ވެސް ހައިކޯޓަށް ހުށަހެޅިދާނެއެވެ

އަދި އެފަދަ މައްސަލަތައް ހުށައެޅުމަށާއި، ނިންމުމަށް ވެސް ވަކި މުއްދަތެއް ޤާނޫނުން ވަނީ ލާޒިމުކޮށްފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް