Advertisement
ކ. މާލެ
|
3 އޭޕްރިލް 2019 | ބުދަ 19:35
އެސްއޯ ފުލުހުން
އެސްއޯ ފުލުހުން
ގޫގުލް
ރައްޔިތުންގެ މަޖިލިސް 2019
މަޖިލިސް އިންތިހާބުގެ ސަލާމަތީ ކަންކަން ބަލަހައްޓާ އެސްއޯ ފުލުހުންނަށް ތަމްރީނުދީފި
މިފަހަރު 501 ވޯޓުފޮށި ބަހައްޓާނެ
ޖަލުތަކުގައިވެސް 5 ވޯޓުފޮށި ބަހައްޓާ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ސްޕެޝަލިސްޓް އޮޕަރޭޝަންސް (އެސްއޯ) ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ފުލުހުންނަށް އަމާޒުކޮށްތަމްރީނު ޕްރޮގްރާމެއް ހިންގައިފިއެވެ. 

އެކަމާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މާރިޗު މަހުގެ 31 ވަނަ ދުވަހުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ހުޅުމާލޭގައި ކަމަށާއި، މި ތަމްރީނު ޕްރޮގްރާމް މެދުވެރިކޮށް ވޯޓްލުން ކުރިއަށް ދާ ދުވަހު ވޯޓްލާ މަރުކަޒުތަކުގައި ނުވަތަ އެނޫން ވެސް ރަށެއްގައި ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރާނެ ގޮތްތައް ކިޔާދީފައިވާ ކަމަށެވެ. އެގޮތުން އިލެކްޝަން ކޮމިޝަނާއި، އަދި ރައްޔިތުންނާއި ގުޅިގެން އެތަނެއްގައި އަމާންކަން ގާއިމް ކުރެވިދާނެ ގޮތްތައް ބުނެދީފައިވާ ކަމަށާއި، ނުރައްކާތެރި ހާލަތެއް ދިމާވެއްޖެނަމަ ރައްޔިތުންގެ މުދަލާއި ގެދޮރު ސަލާމަތްކުރާނެ ގޮތްތައް ކިޔާދީފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. 

އެސްއޯ ފުލުހުންނަށް އަމާޒުކޮށް ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވޭ

އޭގެ އިތުރުން، މި ތަމްރީނު ކްލާސްތަކުގައިި ކިޔަވާދެއްވީ ފުލުހުންގެ ތެރޭގައި މަސައްކަތްކުރާ ތަޖުރިބާކާރު ފަރާތްތަކުން ކަމަށާއި، މި ތަމްރީނުތައް މެދުވެރިކޮށް ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ފަރިތަކުރުންތައް ވެސް ކުރިއަށް ގެންދެވިފައިވާ ކަަމަށް ފުލުހުން ބުނެފައިވެއެވެ. 

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ވޯޓުލުން 6 އޭޕްރީލްގައި އޮންނައިރު، އިންތިޚާބުގައި ވޯޓުލުމަށް 501 ވޯޓު ފޮށި ބަހައްޓާގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އަތޮޅުތެރޭގައި 307 ވޯޓް ފޮށި ބަހައްޓަން ނިންމާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ މާލޭގައި 144 ވޯޓް ފޮއްޓާއި ރިސޯރޓް ތަކުގައި 33 ވޯޓް ފޮށި އަދި ޖަލުތަކުގައި 5 ފޮށި، ސިނާއީ މަސައްކަތް ކުރާ ތަންތަނުގައި 4 ފޮއްޓާއި  ބޭރު ޤައުމުތަކުގައި 8 ވޯޓް ފޮއްޓެވެ.

މިފަހަރުގެ އިންތިޚާބުގައި 264،589 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވެއެވެ. އިންތިޚާބުގައި 386 ކެންޑިޑޭޓުން 87 ދާއިރާއަކަށް ވާދަކުރެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
3 އޭޕްރިލް 2019 | ބުދަ 15:28
ihaaru.
އަނެއްކާ ބަލާވެރިކަން ނުކުންނަނީ ރައްޔިތުންނައް އަނިޔާކުރަން