Advertisement
ކ. މާލެ
|
27 މާރޗް 2019 | ބުދަ 17:11
ގއ. ކޮލަމާފުއްޓަށް ވަޑައިގަތުމުން ރައީސް ނަޝީދަށް މަރުހަބާ ކިޔަނީ
ގއ. ކޮލަމާފުއްޓަށް ވަޑައިގަތުމުން ރައީސް ނަޝީދަށް މަރުހަބާ ކިޔަނީ
އެމްޑީޕީ
ރައްޔިތުންގެ މަޖިލިސް 2019
މެމްބަރުންގެ މާލީ ބަޔާންތައް އޮޑިޓް ކުރެވެންޖެހޭ: ނަޝީދު
އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުންގެ މާލީ ބަޔާން ވަނީ އާންމުކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާންތައް އޮޑިޓް ކުރެވެންޖެހޭނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ގއ. ދާންދޫ ދާއިރާއަށް އެމްޑީޕީން ކުރިމަތިލައްވާ ކެންޑިޑޭޓް ޔައުޤޫބު އަބްދުﷲގެ ކެމްޕެއިން ޖަލްސާގައި ބުދަ ދުވަހު ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ހަމައެކަނި މެމްބަރުންގެ މާލީ ބަޔާން ހުށައެޅުމުން ނުފުދޭނެ ކަމަށާއި، މެމްބަރުންގެ މާލީ ބަޔާންތައް އޮޑިޓް ވެސް ކުރެވެން ޖެހޭނެ ކަމަށެވެ. 

"މަޖިލީހުގެ މެމްބަރެއްގެ މާލީ ބަޔާން ހާމަކުރުން އެކަންޏެއް ނޫން، އޭނާގެ މާލީ ބަޔާން އޮޑިޓް ކުރެވެން އެބަ ޖެހޭ. ކޮންމެ މަހަކު އިތުރުވީ ކިހާ ފައިސާއެއްތޯ، ކޮންމެ މަހަކު ހޭދަކުރެވުނީ ކިހާ ފައިސާއެއްތޯ، ރައްޔިތުންގެ ކުރިމައްޗަށް ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ނުކުތީމާ، ދެން ރައްޔިތުންނަށް ފޮރުވާން އެއްޗެއް އޮވެގެން ނުވާނެ. ލިބުނު ފައިސާއެއް ލިބުނު ގޮތް ސާފުކޮށް ކިޔާދޭން ޖެހޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ. 

ނަޝީދު އިތުރަށް ވިދާޅުވީ، ރައްޔިތުން ބޭނުންވާ ކަންކަން ހާސިލުކޮށްދޭނެ ކަމުގެ ޔަޤީންކަން އެޖެންޑާ 19 އިން ދޭނެ ކަމަށާއި، ރައްޔިތުންނާ ގުޅޭ ސިިޔާސަޔުތަަކަށް ޤާނޫނީ ބާރުވެރިކަން ދިނުމަށް އެޖެންޑާ 19 އިން މަސައްކަތް ކުރާނެ ކަމަށެވެ. 

މި ޖަލްސާގައި ދާންދޫ ދާއިރާގެ ކެންޑިޑޭޓް ޔައުޤޫބަށް ތައުރީފު ކުރައްވައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައިވާއިރު، ދާންދޫ ދާއިރާއަށް ޔައުޤޫބުގެ އިތުރުން ހަތަރު ކެންޑިޑޭޓަކު ކުރިމަތިލައްވައެވެ. އެއީ ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު މުއީނާއި، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް މުހައްމަދު ސިޔާމާއި، ލޭބަރ ޕާޓީއިން ކުރިމަތިލައްވާ ކެންޑިޑޭޓް ހުޝާމް އަލީގެ އިތުރުން އަމިއްލަ ކެންޑިޑޭޓް މަޖީދު އަލީއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް