Advertisement
ކ. މާލެ
|
24 މާރޗް 2019 | އާދީއްތަ 12:29
ފުލިދޫ ކުނިގޮނޑުގައި އަލިފާން ރޯވުން
ފުލިދޫ ކުނިގޮނޑުގައި އަލިފާން ރޯވުން
ރާއްޖެއެމްވީ
ފުލިދޫ ކުނިގޮނޑުގައި އަލިފާން ރޯވުން
ފުލިދޫ ކުނިގޮނޑުގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި
ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފަށް ލިބުނީ އާދިއްތަ ދުވަހު ހެނދުނު 9:00 ހާއިރު
މީހަކަށް ގެއްލުމެއް ލިބިފައެއްނުވޭ

އާދިއްތަ ދުވަހު ހެނދުނުން ފެށިގެން ވ ފުލިދޫ ކުނިގޮނޑު ސަރަހައްދުގައި ހުރި ދަރުތަކެއްގައި ރޯވަމުންދިޔަ އަލިފާންގަނޑު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސްގެ ސިފައިން ނިއްވާލައިފިއެވެ. 

އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މިހާދިސާގެ ރިޕޯރޓް އެމްއެންޑީއެފަށް ލިބިފައިވަނީ އާދިއްތަ ދުވަހު ހެނދުނު 9:00 ހާއިރު ކަމަށާއި، އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. އަދި އަލިފާން ނިއްވާލުމުގައި އެހީތެރިވެފައިވަނީ އެރަށުގައި "ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ ޕްރޮގްރާމް" ހިންގުމަށް ގޮސް ތިބި ފަޔާރ އެންޑް ރެސްކިއު ސާރވިސްގެ ސިފައިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.  

ކުނިގޮނޑުގައި ރޯވި އަލިފާންގަނޑު ނިވާލުމަށް އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލުގެ ރައީސް ސަނާ އަލީ ވާފިރު ވިދާޅުވީ، ކުނިގޮނޑުގައި ފުރަތަމަ އަލިފާން ރޯވީ ހޮނިހިރު ދުވަހު ހަވީރު ކަމަށާއި، ރައްޔިތުން އެއްވެ ކުރި މަސައްކަތުން އެ އަލިފާންގަަނޑު ނިއްވާލެވުނީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި ފަހުން އަލިފާން ރޯވި ސަބަބު އަދި ސާފު ނުވާ ކަމަށް ވެސް ސަނާ ވިދާޅުވިއެވެ. 

ފުލިދޫ ކުނިގޮނޑުގައި ރޯވި އަލިފާން ނިއްވާލުމުގެ ތެރެއިން

އަލިފާންގަނޑު ރަށުތެރެއަށް ފެތުރުމުގެ ކުރިން ކޮންޓްރޯލް ކޮށްފައިވާއިރު، ވ ފުލިދޫ ކުނިގޮނޑު އޮންނަނީ ރަށާއި ދުރު ހިސާބެއްގައި ރަށުގެ އެއްފަރާތުގައި ކަމަށް ވެސް ސަނާ ވިދާޅުވިއެވެ.  

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް