Advertisement
ކ. މާލެ
|
23 މާރޗް 2019 | ހޮނިހިރު 23:11
މާލެ ސިޓީ ކުޅިވަރު އެކުވެނީގައި ހުންނަ ޓެނިސްކޯޓު ފުރަގަހުގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފް ޓީމުން ނިއްވަނީ
މާލެ ސިޓީ ކުޅިވަރު އެކުވެނީގައި ހުންނަ ޓެނިސްކޯޓު ފުރަގަހުގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފް ޓީމުން ނިއްވަނީ
އެމްއެންޑީއެފް
އަލިފާނުގެ ހާދިސާ
މުދާތަކުގައި ރޯވި އަލިފާން އެމްއެންޑީއެފް އިން ނިއްވާލައިފި
މުދާތަކުގައި ވަރަށް ބޮޑަށް ވަނީ އަލިފާން ރޯވެފައި

މާލެ ސިޓީ ކުޅިވަރު އެކުވެނީގައި ހުންނަ ޓެނިސްކޯޓު ފުރަގަހުގައި ހުރި މުދާތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފިއެވެ.

ހޮނިހިރު ދުވަހު 18:57 ހާއިރު ހިނގި މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެފްއާރުއެސްގެ ފަޔަރފައިޓަރުންގެ ޓީމެއް އެސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މިހާދިސާގައި އަލިފާން ރޯވެފައިވަނީ ފުޓްސެލް ދަނޑުތަކުގައި ޓާރފް އެޅުމަށް ބޭނުންކުރާ ސާމާނުތަކެއްގައެވެ. އެފްއާރުއެސްގެ ފަޔަރފައިޓަރުން ކުރި މަސައްކަތުން ރޯވި އަލިފާން 19:40 ހާއިރު ވަނީ ކޮންޓްރޯލް ކޮށްފައެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު އެ ސަރަހައްދުގައި ހުރި ބައެއް ސާމާނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މި ހާދިސާގައި އަލިފާން ރޯވި ސާމާނުތައް ހުރި ސަރަހައްދު ސާފުކުރުމުގެ މަސައްކަތުގައި ސިފައިންނާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ހަރަކާތްތެރިވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް