Advertisement
ކ. މާލެ
|
22 މާރޗް 2019 | ހުކުރު 13:13
ހުކުރު ޚުތުބާ
ހުކުރު ޚުތުބާ
ރާއްޖެ އެމްވީ
ހުކުރު ޚުތުބާ
ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ
ރިޝްވަތާ ދުރުހެލިވުމަށްވެސް ވަސިއްޔަތް ކޮށްފައިވޭ

ހަރާމް އެއްޗެއް ކައިފިނަމަ ނުވަތަ ލިބިގަނެއްޖެނަމަ އިލާހީ ކޯފާ އެ މީހެއްގެ މައްޗަށް ވާޖިބުވާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ. 

"ﷲ އަށްޓަކައި ކަންކަން ކުރުމުގެ މުހިއްމުކަން" މި މައުޟޫއަށް ބިނާކޮށްފައިވާ މިއަދުގެ ޚުތުބާގައި ވަނީ ހަލާލު ގޮތުގައި އާމްދަނީ ހޯދުމާއި، ﷲ އަންގަވާފައިވާ ގޮތުގައި ދިރިއުޅުން ބިނާކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ. އެގޮތުން ޚުތުބާގައި ބުނެފައިވަނީ އާމްދަނީ ހޯދުމަކީ ދިރިއުޅުމުގެ ޟަރޫރަތެއް ކަމަށާއި، ހަރާމް ގޮތުގައި އާމްދަނީ ހޯދުމުން ދުރުހެލިވާން ޖެހޭނެ ކަމަށެވެ. 

" އޭ މީސްތަކުންނޭވެ! ބިމުގައިވާ ތަކެތީގެ ތެރެއިން ހަލާލް ރަނގަޅު ތަކެތި ތިޔަބައިމީހުން ކައި އުޅޭށެވެ ! އަދި ޝައިތާނާގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން ތަބާ ނުވާށެވެ. (އެހެނީ) ހަމަކަށަވަރުން އެ ޝައިތާނާއީ، ތިޔަބައިމީހުންނަށް ހުރި ކަނޑައެޅި ބަޔާންވެގެންވާ ޢަދާވަތްތެރިއެކެވެ" ބަޤަރާ ސޫރަތުގެ 168 ވަނަ އާޔަތުގެ މާނައިގައި ބަޔާންކޮށްފައިވެއެވެ. 

އޭގެ އިތުރުން، މިއަދުގެ ޚުތުބާގައި ބުނެފައިވަނީ ރިޝްވަތާއި، ހަލާލު ނޫން މުއާމަލާތްތަކަކީވެސް ހަރާމް ކަމެއް ކަމަށާއި، އެފަދަ ކަންކަމުން ދުރުހެލިވުމަށްވެސް ވަސިއްޔަތް ކުރައްވާ ކަމަށެވެ. 

" ހަރާމް އެއްޗެެއް ކައިގެން މަސްޖަހާފައިވާ ހަށިގަނޑެއް ސުވަރުގެ ނުވަންނަ ހުއްޓެވެ. އެ ހަށިގަނޑަށް އެންމެ އައުލާކަން ބޮޮޑީ ނަރަކައެވެ. " ރަސޫލާ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. 

ޚުތުބާގައި އިތުރަށް ބުނީ، ލިބޭ އާމްދަނީ މަދުވެއްޖެނަމަ ހަލާލު ނޫން ގޮތުގައި ރިޒުގު ހޯދުމަށް ޝައިތާނާ މަގުދައްކާނެ ކަމަށާއި، އެމީހެއްގެ ނަފްސުވެސް އެކަމަށް އެއްބަސްވެދާނެ ކަމަށެވެ. ނަމަވެސް އެފަދަ ހާލަތްތަކުގައިވެސް އިސްލާމް ދީނުގެ އިރުޝާދުތަކާއި އުސޫލުތައް ހަނދާންކުރަން ޖެހޭނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް